ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ ޑިއުޓީ ފްރީއިން ދިވެހިން އުފައްދާ ތަކެއްޗަށް ހާއްސަ ބައެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިއުޓީ ފްރީއިން ދިވެހިން އުފައްދާ ތަކެއްޗަށް ހާއްސަ ބައެއް ކަނޑައަޅައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިއުޓީ ފްރީއިން ދިވެހިން އުފައްދާ ތަކެއްޗަށް ހާއްސަ ބައެއް ކަނޑައަޅައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެކަމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބޭއްވާފައެވެ. އެގޮތުން ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރަ ޑިއުޓީ ފްރީގައި ހުޅުވާދެއްވާފައިވަނީ އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އަދި ރަސްމިއްޔާތުގައި އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހްގެ އިތުުރުން ކުންފުނީގެ އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

“އޮތެންޓިކް މޯލްޑިވްސް” ގެ ނަމުގައި ހުޅުވި އެ ފިހާރަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމެކެވެ. މިނިސްޓްރީން އެންމެ ފުރަތަމަ އެކަމަށް އިއުލާނުކުރީ 2019 ވަނަ އަހަރުގެ “ފަންނު އެކްސްޕޯ” ގައެވެ. އިކޮނޮމިކް މިނިސްޓްރީން ކަނޑައެޅީ ފެއާގައި އެންމެ ފާހަގަ ކުރެވޭ ތަކެއްޗަށް ޑިއުޓީ ފްރީއިން ޖާގަ ދިނުމަށެވެ.

އެމްއޭސީއެލްއިން އެއާޕޯޓުގެ ވޯޓާ ފްރަންޓު ރެސްޓޯރެންޓު ކައިރީ ހާއްސަ މައުރަޒެއް ވެސް ބޭއްވިއެވެ. އެ ފެއާ ބާއްވާފައިވަނީ ދިވެހި އުފެއްދުންތަކާއި އެކު “ސުވެނިއާ ސަފާރީ” ގެ ނަމުގައެވެ.

ފިހާރައާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފިހާރައިން ލިބެން ހުންނާނީ ދިވެހި އުފެއްދުންތައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: