ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ކުރުމުގެ ފޯމު ހުށަހެޅުން މިރެއަށް ހަމަވާނެ

އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ކުރުމުގެ ފޯމު ހުށަހެޅުން މިރެއަށް ހަމަވާނެ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމެރީގައި ވާދަ ކުރުމަށް ހުށަހަޅާ ފޯމު މިރޭ 9 ޖެހުމާއި ހަމައަށް ބަލައިގަންނާނެ ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީން ވަނީ ކައުންސިލް އިންތިހާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިހާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ބާއްވާ ޕްރައިމަރީއަށް ފުރުސަތު ހުޅުވާލާފައެވެ. އަދި އެ ފުރުސަތު މިރޭ 9:00 އާއި ހަމައަށް އޮންނާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން، ރަސްމީކޮށް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލައެވެ. އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އީސީން ހާމަަކޮށްފައިވަނީ އޭޕްރިލް މަހުގެ 4 ވަނަ ދުވަހެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ވެސް ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، ޕާޓީގެ ވެބްސައިޓުގައި ޕްރައިމެރީއާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ބުނެފައިވަނީ ކެނޑިޑޭޓުންގެ ލިސްޓު ޖެނުއަރީ 13 ގައި އިއުލާނު ކުރާނޭކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވާގޮތުން ކައުންސިލް އިންތިހާބަށް ވާދަކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ޕްރައިމެރީ ވޯޓުގައި، ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓު ޖެނުއަރީ 7 ގައި އިއުލާނު ކުރާނެއެވެ. އެއަށްފަހު ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށާއި، ފައިނަލް ވޯޓާސް ލިސްޓު އާއްމު ކުރާނީ ޖެނުއަރީ މަހުގެ 15 ގައި ކަމަށެވެ.

މި ފަހަރުގެ އިންތިހާބަށް ބަލާއިރު ކައުންސިލް އިންތިހާބު ވާދަވެރިވާނެ ކަމަށް ބެލެވެއެވެ. ލާމަރުކަޒީ ނިޒާމަށް ދާދި ފަހުން ގެނައި ބޮޑެތި ބަދަލުތަކުގެ ތެރެއިން، މިއީ ބައްވާ ފުރަތަމަ އިންތިހާބެވެ. އަދި ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފްކުރުމަށްޓަކާ އެންމެ ގިނަ މަސައްކަތްތަކެއް ކުރީވެސް އެމްޑީޕީއިންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި ކަންކަމަށް އިންވެސްޓު ކުރުމުގެ ބާރު ކައުންސިލްތަކަށް މިހާރު ލިބެ އެވެ. ޚާއްސަކޮށް ކައުންސިލްތަކަށް މާލީ ބާރުތަކެއް ސަރުކާރުން ވަނީ ދޫކޮށްފަ އެވެ. މިއަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. ގާނޫނުއަސާސީ އަށް ގެނައި ބަދަލުތަކުގެ ތެރޭގައި ރަށު ކައުންސިލާއި ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލްގައި ހިމެނޭނީ އެ ކައުންސިލް ނިސްބަތްވާ ރަށުގެ ރައްޔިތުން ދިމިގްރާތީ އުސޫލުތަކުގެ މަތީން ސިއްރު ވޯޓަކުން ކައުންސިލަށް އިންތިހާބު ކުރާ މެމްބަރުން ކަމަށް ބުނެފައިވެ އެވެ.

އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބު ކުރާނީ އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދިމިގްރާތީ އުސޫލުން ނަގާ ސިއްރު ވޯޓަކުން ކަމަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލުގައިވެ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީން އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ އަންހެނުންނަށް ކަނޑައެޅި 33 އިންސައްތައެވެ. ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވާ، އަންހެނުން ކުރީ ސަފަށް ނެރުނު ޕާޓީއަކީ އެމްޑީޕީއެވެ. އެއަށްފަހު، މި ފަހަރުގެ ކައުންސިލް އިންތިހާބުގައި ގިނަ އަންހެނުން ވާދަ ކުރާކަން ފާހަގަ ކުރެވެއެވެ.

ކައުންސިލް އިންތިހާބުގައި، ވާދަ ކުރާ ފަރާތައް ވަނީ ދާއިރާގެ ކެމްޕެއިން ފަށާފައެވެ. އެމްޑީޕީން މިދިޔަ ނޮވެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އެމްޑީޕީގައި ރަޖިސްޓްރީގައި 87،439 މީހުން އެބަތިބި ކަމަށެވެ. އެ އެންމެންނަކީ ވެސް ވޯޓު ލިބުނުމުގެ ހައްގު ލިބިގެންވާ މީހުންކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: