ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިން އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނުހުންނަނީތަ؟

ދިވެހިން އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނުހުންނަނީތަ؟
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ “ޓިކްޓޮކް” އިން ފެނުނު ވީޑިއޯއެކެވެ. ބިސް ކޭހެއް ވަގަށް ނެގިކަމަށް ބުނެ، ޅަ ޒުވާން ބިދޭސީއަކު ފަޟީހަތް ކުރަނީއެވެ.

ގޯސްވާނީ ގޯހަށެވެ. އެކަން ގަބޫލު ކުރަމެވެ. އެހެން ނަމަވެސް، އެ ވީޑިއޯ ފެނުމާއި އެކު ހިތަށް އެރިހާވެސް އެއްޗަކީ އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ބައެއް މީހުންގެ ނުހުންނަނީ ބާއެވެ.

އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވީ އުމުރުން 18 ވަރަކަށް އަހަރުގެ އެ ޒުވާނާގެ ވީޑިއޯއެއް މީގެ ދުވަސްތަކެއް ކުރިން ސޯޝަލް މީޑިއާގައި އާއްމުވެގެން ދިޔައެވެ. އެއީ މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ. ހެންވޭރު އެމްއެންޔޫ އާއި ޖެހިގެން ހުންނަ ޕާކުގައި އެ ޒުވާނާ ހުންނަނިކޮށް މީހަކު އޭނާއާއި އެކު ވީޑިއޯއެއް ނެގިއެވެ. އުމުރުން ކިހާވަރެއްތޯ އެހުމުން އޭރު އޭނާ ޖަވާބުގައި ބުނީ 17 އަހަރު ކަމަށެވެ. އަދި މާލެ ގެނައި ގޮތަށް، ޕާސްޕޯޓު އަތުލާ އޭނާގެ ވެރިން މަގުމައްޗަށް ދޫކޮށްލީ ކަމަށެވެ. އެއަށްފަހު ގެސްޓް ހައުސްއެއްގައި ދިރިއުޅެ ގެސްޓް ހައުސްއަށް ދޭން ޖެހުނު ފައިސާ ދެއްކުމަށް ފޯނު ވިއްކާލިކަމަށް ވެސް ބުންޏެވެ.

https://twitter.com/Meythss_/status/1215699343770079233

މާލެ ސިޓީގައި ދަންނަ މީހެއް ނެތް ކަމަށް ދިވެހި ބަހުން ރަނގަޅަށް ވާހަކަ ނުދެއްކޭ އެ ޒުވާނާ ބުންޏެވެ. އާއިލާއަށް ގުޅޭނެ ގޮތެއް ނެތްކަން ވެސް ހާމަ ކުރިއެވެ. އެއަށްފަހު ބަންގްލަދޭޝްގެ ބަޔަކާއި ދިވެހި ޒުވާނުންތަކެއް އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އޭގެފަހުން އޭނާގެ އެއްވެސް ހަބަރެއް ނީވެއެވެ.

އަނެއްކާވެސް، މި ވީޑިއޯ ފެނުމާއި އެކު އެއީ އެ ޒުވާނާކަން އެނގުނެވެ. ވައްކަން ކުރިމަކީ ގޯހެކެވެ. އެއްވެސް މީހަކަށް ގާނޫނު ތިމާގެ މުށުތެރެއަކަށް ނުލެވޭނެއެވެ. އެހެން ކަމަށްވާނަމަ ދެން އެ ޒުވާނާ ވައްކަން ކުރިކަން އެނގުމާއި އެކު އެކަން އަންގަން ޖެހޭނީ ފުލުހަށެވެ. ތިމާގެ “ގަދަ ބާރު” ދެއްކުމަށް އޭނާގެ ޓީޝާޓު ބާލުވާ ބޯޑެއްގައި “ބޮޑު ވަގު” ލިޔެފައި ދޭން ނުޖެހޭނެއެވެ.

މިއީ އަހަރެންގެ ވިސްނުމެވެ. ފާޑުކިޔުންތައް ވެސް އަންނާނެއެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭނަމެވެ. ވިސްނާށެވެ. ދިވެއްސެއް ރާއްޖެއިން ބޭރުގެ ތަނަކުން ވައްކަންކޮށްގެން ހަމަ އެ އެސޫލު ބަޔަކު ގެންގުޅެންވެއްޖެއްޔާ ހިތައް ތަދުވާނެ ނޫން ހެއްޔެވެ؟ މޭކަރާނެ ނޫން ހެއްޔެވެ؟

ދިވެހިންނަކީ، އެއް އިރެއްގައި ވެސް ބިދޭސީންނާއި މެދު މާ ރަނގަޅަކަށް ކަންތައް ކުރި ބައެއް ނޫނެވެ. ހުރިހާ އެންމެނެއްގެ ވާހަކައެއް ނޫނެވެ. އެ މީހުންނާއި މުހާތަބު ކުރާ ގޮތާއި ކަންތައް ކުރާގޮތް ވަކި ރީތި ހެއްޔެވެ؟

އިންސާނާގެ އޮންނަނީ ހިތެކެވެ. ވަކި ނަސަބަކުން އައިތީ، ވަކި ގައުމަކަށް ނިސްބަތް ވީތީ މޮޅެއް ނުވާނެއެވެ. އެހެން ކަމަށްވާނަމަ އަހަރެމެން ދިވެހިންނަށް ބިދޭސީންނާއި މެދު، މިހާ އިހާނެތިކޮށް ހިތުމުގެ ހައްގެއް ލިބިގެންނެއް ނުވެއެވެ.

މި ވާހަކަ ދައްކަން ލަދުގަނެެއެވެ. އެއަށްވުރެ މާ ލަދު ގަންނަ ކަމެއް ބުންނަން ހެއްޔެވެ؟ އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ނެތް، މީހުންނާއި މެދު ހިތަ އެރިހާ ގޮތަކަށް ކަންތައް ކުރާ މީހުން ދެކެއެވެ. ތިބާ އެކީ ތިބޭ މީހުން އަތް ޖަހާ ހީ ހެދިޔަސް، ތިއީ އެހެން މީހުންގެ ނަޒަރުގައި ފައި ދަށު ލެވޭ ފަދަ ވިސްނުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީ ވަރައްރަގަނޅު ވާހަކައެއްއޭސީއަކަސް ބީދޭސީއަކަސް އެމީހުންގެވެސް އޮންނަނީ ހިތެއްވިއްޔާ ބޯހަލާކު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: