ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށް ލުއި ގޮތްތަކެއް ހޯދަންޖެހޭ: ސީޕީ ހަމީދު

ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށް ލުއި ގޮތްތަކެއް ހޯދަންޖެހޭ: ސީޕީ ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށް ލުއި ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އެޅުނު ގޮތުގެ ތަފާސް ހިސާބުތައް އާންމުކުރައްވާ ކުރެއްވި ޓްވީޓުގައި ހަމީދު ވިދާޅުވީ ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށް ފުލުހުން އެތައް ވަގުތެއް ހޭދަކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި އެތައް ފުލުހުންނެއް ބައިވެރިވާއިރު އެއީ އެކަން ވެގެންވާނެ ގޮތެއް ނޫންކަމަށާއި، އެއީ ބަދަލުވާން ޖެހޭ މައްސަލަތަކެއް ކަަމަށް ހަމީދު ވިދާޅުވިއެވެ. ފެށޭ ހަފްތާގެ ތެރޭގައި ޓްރެފިކް ގަވައިދުތައް ތަންފީޒު ކުރުމަށް، ލުއި ގޮތްތަކެއް ގެނައުމަށް މަޝްވަރާ ކުރެވޭނެކަން ސީޕީގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

“އޮފިސަރުންގެ ވަގުތުގެ ބޮޑު ބައެއް ޓްރެފިކް ގަވައިދުތައް ތަންފީޒުކުރުމަށް ހޭދަކޮށްފައިވޭ. އެއީ ވެސް ޓްރެފިކް ގަވައިދުތަކަކީ ބަދަލުވާން ޖެހޭ ކަމެއް. މި ބުރަ ލުއިކުރާނެ ހައްލެއް ހޯދަން އަންނަ ހަފުތާގައި އަޅުގަނޑުމެން ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ބައްދަލުކުރާނަން،” ހަމީދު

ފުުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގަވައިދާއި ހިލާފަށް ޕާކުކޮށްގެން 2019 ވަނަ އަހަރު އެކަނިވެސް 36،000 އަށް ވުރެ ގިނަ ސައިކަލުގައި ވަނީ ސްޓިކާ ޖަހާފައެވެ. ވެހިކަލްތަކުގައި ސްޓިކާ ޖެހުމަށް ކޮންމެ ދުވަހަކުވެސް އެތައް ފުލުހުންނެއް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު، އެކަމަށް އާއްމުންގެ އެތައް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މާލޭގައި ރަނގަޅު ޕާކިން ނިޒާމެއް ނެތުމާއި އެކު އެއްވެސް ހަމައެއް، ލަމައެއް ނެތި ސްޓިކާ ޖަހަމުންދާ މައްސަލަ މިހާރު ވަނީ ސިޔާސީ މައްސަލަގަނޑަކަށް ބަދަލު ވެފައެވެ.

ޓްރެފިކް ޑިޕާޓްމަންޓްގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓްރެފިކް މައްސަލަތަކުގެ ތެރެއިން ފުލުހުން އެންމެ ގިނައިން ބަލާފައި ވަނީ ނުގަވައިދުން ޕާކް ކުރުމުގެ އެކި މައްސަލަތަކެވެ. އެއާއި އެކު އުޅަނދު ފަަހަރުގައި ޕާކިން ވަޔޮލޭޝަން ސްޓިކާ ޖެހި އަދަދަކީ 36،963 އެވެ. އަދި 2840 އުޅަނދެއް ވަނީ ޓޯކޮށްފަ އެވެ. މީގެ އިތުރުން ދެވަނަ އަށް އެންމެ ގިނައީ ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ މައްސަލަ ތަކެވެ. އޭގެ ތެރޭގައި 7500 މައްސަލަ ހިމެނެއެވެ. އަދި އަަހަރީ ފީ ނުދެއްކުމުގެ 2،600 އަށް ވުރެ ގިނަ މައްސަލަ އާއި ރޯޑްވާދިނަސް ނެތުމުގެ 2000 އަށް ވުރެ ގިނަ މައްސަލަ އަދި ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުމުގެ 2800 އަށް ވުރެ ގިނަ މައްސަލަ ފުލުހުން ވަނީ ބަލާފައެވެ.

މާލެ ސިޓީގައި އެތައް ވެހިކަލްއެއް ގެންގުޅޭއިރު، އާއްމުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޕާކިން ޒޯނުތަކުގައި ޕެލެޓު އަޅާފައި ބެހެއްޓުމާއި އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނުތައް އެތަނަކަށް އެއްކޮށްފައި ހުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: