ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނަކީ ކުށްވެެރިއެއް، ކަފާލާތުގެ ދަށުން ދޫކުރެވޭނެ އުސޫލެއް ނެތް: އިންތި

ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ޑރ ޖަމީލްގެ ގޮވާލުމުން، އިންތި އެކަމަށް ރައްދު ދެއްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ނިޒާމުގައި ކަފާލާތުގެ ދަށުން ކުށްވެރިއަކު ދޫކޮށްލެވޭނެ އުސޫލެއް ކަނޑައަޅާފައި ނެތް ކަމަށާއި، ކޯޓުން ހުކުމެއް އިއްވާފައިވާ އެއްވެސް މީހަކަށް ރާއްޖޭގައި މިހާތަނަށް ކަފާލާތުގެ (ބެއިލް) ދަށުން މިނިވަންކޮށްފައި ނުވާކަމަށް ގާނޫނީ ވަކީލު، އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށްސާބިތުވެ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުުގެ ހުކުމެއް އިއްވާފައެވެ. ކްރިމިނަލް ކޯޓުން އިއްވާފައިވާ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ އިސްތިއުނާފުގެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ހައި ކޯޓުގެ ގަވާިއދުގައިވާ ގޮތުން ދަށުކޯޓަކުން ހުކުމްކޮށްފައިވާ މީހަކު، ނުވަތަ ހައިކޯޓުން ހިންގާ ގަޒިއްޔާއެއްގައި ކުށުގެ ތުހުމަތުގައި ހުރި މީހަކު، ހައިކޯޓުން ގަބޫލު ކުރާފަދަ ކަފާލަތެއް ހުށަހަޅައިފިނަމަ، ހައިކޯޓުން އެމައްސަލައަކާ މެދު ނަޒަރު ހިންގުމުގެ ތެރޭގައި، ނުވަތަ ޝަރީއަތް ހިންގުމުގެ ތެރޭގައި އެމީހަކު ދޫކޮށްފައި ބެހެއްޓުމަކީ ހައިކޯޓުގެ އިހްތިޔާރުގައިވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސިޔާސީ މަސައްކަތްތައް ކުރިޔަށްދާއިރު، އެ މަސައްކަތްތަކުގައި އެންމެ ކުރީގައި ހުންނެވީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ޖަމީލު އޭރު މަގާމުން ދުރުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ބަޣާވާތެއްގެ ދަށުން ސަރުކާރު ވައްޓާލަން އުޅުއްވާކަމުގެ ތުހުމަތުގައެވެ. އެއަށްފަހު ޖަމީލް މަސައްކަތް ކުރެއްވީ ވެސް އިދިކޮޅު ފަރާތްތަކާއި އެކުއެވެ. އަދި ރައީސް ޔާމީނަކީ އަނިޔާވެރި ވެރިއެއްގެ ގޮތުގައި ސިފަކޮށް ޖަމީލު ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒު ކުރައްވާފައިވެއެވެ.

https://twitter.com/MJameelAhmed/status/1215837376888504323

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅޭގޮތުން ޖަމީލު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ފާތުކުރުމެއް ނެތި ބެއިލް ނުވަތަ ކަފާލާތުގެ ފުރުޞަތު ލިބުމަކީ އިންސާފުގެ ހަމަހަމަކަން ގޮތުގައި ރައީސް ޔާމީންވެސް ވިދާޅުވެފައިވާކަމަށެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު ފުރުސަތަކަށް އެދިވަޑައިގެން ދެއްކެވި ވާހަކައިގެ ވީޑީއޯކޮޅެއް އާއްމު ކުރައްވާ ޖަމީލު ވިދާޅުވީ ދޮޅުމަސް ދުވަަސް ވީއިރު ކޯޓުން ކަފާލާތާއި މެދު ގޮތެއް ނުނިންމުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ޤާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާޙްވުން ކަމުގައި ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޖަމީލުގެ ޓްވޯޓަށް ރައްދު ދެއްވާ އިންތި ކުރެއްވި ޓްވީޓެއްގައި އިންތި ވަނީ ކޯޓަކުން ހުކުމެއް އިއްވާފައިވާ އެއްވެސް މީހަކަށް ރާއްޖޭގައި މިހާތަނަށް ކަފާލާތުގެ ފުރުސަތު ދީފައިވޭތޯ ސުވާލު ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ނިޒާމުގެ ތެރެއިން އެކަމަށް އަދި އުސޫލެއް ވެސް ކަނޑައެޅިފައި ނެތް ކަމަށް ވިދާޅުވިއެވެ. އިންތި ވިދާޅުވީ ވަރަށް ހަރުދަނާ ނިޒާމްތައް ހުންނަ ގައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ގައުމެއްގައި ނޫނީ އެކަން އެހެން ނުހިނގާ ކަމަށެވެ.

“ރާއްޖޭގެ ނިޒާމުގެ ތެރެއިން އަދި އުސޫލެއް ކަނޑައެޅިފައި އޮތް ކަމެއް ނޫން ހުކުމަކަށްފަހު ބެއިލް ކަފާލާތުގެ ދަށުން މިނިވަންކުރުން ކުރުމަކީ.” އިންތި

https://twitter.com/Imthiyazfahmy/status/1215905416951013376?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1215905416951013376&ref_url=https%3A%2F%2Favas.mv%2F76273

ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހައި ކޯޓުން ވަނީ އިސްތިއުނާފުގެ މައްސަލަ ބަލައިގެންފަ އެވެ. އަދި ކޯޓުން ގޮތެއް ނިމަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާއިރު، މިހާތަނަށް ވެސް އެ ކަމުގައި ހައި ކޯޓުން ގޮތެއް ނިންމާފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: