ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ، ޖޯލިފަތީގައި އަނގަތަޅާލަން އޮންނަ މައުޟޫއަކަށް ވެގެން ނުވާނެ: ރޮޒެއިނާ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ، ޖޯލިފަތީގައި އަނގަތަޅާލަން އޮތް މައުޟޫއަކަށް ވެގެން ނުވާނެ: ރޮޒެއިނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ މައްސަލަތަކަކީ، “ޖޯލިފަތީގައި ތިބެގެން ދައްކާ ނިންމާލަން ޖެހޭ” ވަރަށް ވުރެ ސީރިއަސް މައްސަލައެއް ކަމަށާއި، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހުންނަށް ހައްގު އަދަބު ދޭންޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކަނޑުހުޅުދޫގެ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާފަގެ އިތުރުން މުނި ކާފައެވެ. އެ ތިން މީހުންވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. ޖެންޑާރ މިނިސްޓްރީއިން ހާމަ ކުރި މައުލޫމާތުތަކުން އެނގޭގޮތުން އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށްފަހު އެ މައްސަލަ ކުށްލިގޮތަކަށް ސޯޝަލް މީޑިއާގައި ފެންމަތިވެގެން އައީއެވެ.

މީޑިއާތަކުން މައްސަލަ ރިޕޯޓުކޮށް، އާއްމުންގެ އެތައް ނުރުހުމަކާއި ކަންބޮޑުވުމެއް މީގެ ތެރޭގައި ހިމެނުނުއިރު 15 ގަޑިއިރު ފަހުން ޖެންޑާއިން ނެރުނީ އެންމެ 4 ފޮޅުވަތުގެ ބަޔާނެކެވެ.

ހުކުރު ދުވަހުގެ ހަވީރު ޒުވާނުންތަކެއް އިސްނަގައިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ވަނީ ހަމަހިމޭންކަމުގެ އިހުތިޖާޖެއް ވެސްކޮށްފައެވެ.

މައްސަލައިގެ ހަސްހާސްކަމުންނާއި އެކު ރައްޔިތުންގެ މަޖިލީހުގެ ޖެންޑާރ ކޮމިޓީއިން ވަނީ ކުށްލި ބައްދަލުވުމެއް ބާއްވާފައެވެ. ކޮމިޓީ ފައްޓަވައި ދެއްވަމުން މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނަކުރި ކަމަށް ތުހުމަތުކުރެވޭ ކުއްޖާގެ ކާފަ ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އެއް ފެންމަތިވެ އެމީހާ ދެކޮޅަށް ދައުވާ އުފުލާފައިި، މައްސަލަ ކުރިޔަށް ނުގެންގޮސް އޮންނަތާ އެއް އަހަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކުއްޖާގެ މައިންބަފައިންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބައެއްކަން ވެސް ޖީހާން ވަނީ ފާހަގަކުރައްވާފައެވެ.

ދެ އަަހަރުގެ މައުސޫމް އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހިފައިވާކަން ފާހަގަކޮށް ރޮޒެއިނާ ވިދާޅުވީ ކުޑަކުދިންގެ މުސްތަގުބަލު ސަލާމަތް ކުރަން ޖެހިފައިވާ ކަމަށެވެ. އާއިލާގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފެންމަތިވާކަން އެއީ ގަބޫލު ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ، މައްސަލަތައް ގޮސްފައިވާ ހިސާބުތައް ބަލަން ޖެހޭ ކަަށެވެ. ކޯޓާއި ހަމައަށް ގޮސްފައިވާ މައްސަލަތަކާއި ޕްރޮސެކިއުޓް ކުރެވި އަދި ފުނި ޖެހިފައި ހުރި މައްސަލަތަކުގެ ތަފްސީލު އެނގެން ޖެހޭ ކަމަށެވެ. އެގޮތުން މިފަދަ މައްސަލަތަ ތަހުގީގު ކުރުމަށް މުވައްސަސާތަކުން ކުރާ މަސައްކަތް ބަލާ ދެނެގަންނަން ޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރަށުގެ ތެރޭގެ ބައެއް މީހުންނަށް، އެ އުމުރުން ދުވަސްވީ މީހާއަކީ ޖިންސީ ގޯނާ ކުރާ މީހެއްކަން އެނގޭކަމަށް ވާހަކަ ދެކެވޭއިރު އެކަން ވެސް ބެލުމަށް ރޮޒެއިނާ ވަނީ ގޮވާާލާފައެވެ. އަދި މި މައްސަލަ ހުށަހެޅީ ކޮންއިރަކުތޯ އާއި ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތް އަދި ކަނޑުހުޅުދޫ ކައުންސިލް ހިމެނޭގޮތަށް، އިދާރާތައް ކޮމިޓީއަށް ހާޒިރުކުރަން ޖެހޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ކޮމިޓީ ނިންމަވާލައްވަމުން ޖީހާން ހުށައެޅުއްވީ، ހޮނިހިރު ދުވަހުގެ 14:00 އަށް އެކަމާއި ގުޅުންހުރި އިދާރާތައް ކަމަށްވާ ޖެންޑާރ މިނިސްޓްރީ، ޗައިލްްޑް ޕްރޮޓެކްޝަން ޔުނިޓް (ސީޕީޑީ)، ޕްރޮސިކިއުޓަރ ޖެެނެރަލް (ޕީޖީ)، ކްރިމިނަލް ކޯޓު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ އިތުރުން ކަނޑުހުޅުދޫ ކައުންސިލް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގުރޭ 9 ޖަހާއިރަށް އެ ހުރިހާ މުއައްސަސާތަކެއް ކޮމިޓީއަށް ހާޒިރުކުރުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: