ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް ބޭނުންވަނީ، ތޫނުފިލި “މެޗުއާޑް” ބޭފުޅެއް، އެއީ ސަރަނގު އާދަމް މަނިކު: މަވޯޓާ ޝަރީފް

މާލެއަށް ބޭނުންވަނީ، ތޫނުފިލެ "މެޗުއާޑް" ބޭފުޅެއް، އެއީ ސަރަނގު އާދަމް މަނިކު: މަވޯޓާ ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ބޭނުންވަނީ ދުރުވިސްނޭ ތޫނު ފިލި މީހެއް ކަމަށާއި، އެކަން ކުރެވޭނެ ގާބިލު ފަރާތަކީ މާލެ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ އެންމެ ފަހުގެ ރައީސް، ސަރަނގު އާދަމް މަނިކުކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ވޭތުވެ ދިޔަތަނުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މާލެއަށް ބޭނުންވަނީ ސަރުކާރަށް ތާއީދު ކުރާ ެމެމްބަރެއް ކަމަށެވެ. ހާއްސަކޮށް ލާމަރުކަޒީ ނިޒާމާއި އެކު، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ހިސާބަކީ ވެސް އެއީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މާލެއަކީ ރައްޔިތުންގެ ހަމައެކަނި 80،000 މީހުން ވޯޓުދޭން އޮތް ސީޓީއެއް ނޫން ކަމަށާއި، މާލެއަކީ ދިވެހި ރާއްޖޭގެ މޫނުމަތިކަން ޝަރީފް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެއަށް ހިޖުރަކުރަނީ ވެރިކަން ކުރާ ރަށުގައި ލިބެން ހުރި ހިދުމަތްތަކުގެ ސަބަބުންކަން ވެސް ޝަރީފް ފާހަގަކުރެވިއެވެ.

ޝަރީފް ވިދާޅުވީ، މާލެއިން އެތައް ރައްޔިތުންނެއް ހިދުމަތް ހޯދާ ކަމަށެވެ. ކޮންމެ ތަނެއްގައި ވެސް ކެޕޭސިޓީއެއް އޮންނައިރު މާލެ މި އަންނަނީ ފުރެމުންކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ހަމައަށް ނޭވާލައިގެން އުޅޭނެ ތަނެއް ނެތްއިރު ކޮންމެ މީހަކަށް ވެސް ދިމާވެފައި މިއޮތީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. މާލެއަށް ހައްލެއް ގެނައުމަށް ކުރި މަސައްކަތުން ހުޅުމާލެ ވެސް ތަރައްގީ ކުރިއިރު، އެކަމުން ކޮންމެ ވެސް ވަރެއްގެ ލުޔެއް ވެސް މާލެއަށް ލިބުނުއިރު އަނެއްކާވެސް މިވަނީ މާލެއަށް އުނދަގޫތަކެއް ވާން ފަށާފައި ކަމަށް ޝަރީފް ވިދާޅިވިއެވެ.

މާލެ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ އެންމެ ފަހުގެ ރައީސް، ސަރަނގު އާދަމް މަނިކު

މި ދައްކަނީ ބޮޑު މައްސަލަތަކެއްގެ ވާހަކަކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، މިކަންކަން ހައްލު ކުރެވޭނީ މާލެއާއި މެދު ރަނގަޅު ނިޔަތެއް ގެންގުޅޭ މީހަކަށް ކަމަށެވެ. އެ ގާބިލުކަމާއި އެ ހިއްވަރު އަދި އެ މަސައްކަތް ރަނގަޅަށް އިނގޭ މީހަކަށް ކަމަށެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް، އެންމެ މާދަވެރިކޮށް ފެންނަނީ މާލޭގެ މޭޔަރުކަމަށް ކަން ފާހަގަކުރުމުން ޝަރީފް ވިދާޅުވީ ޕްރައިމެރީގައި ވާދަކުރާ ކޮންމެ މީހަކީވެސް ގާބިލު، އަދި ތައުލީމީ މީހެއް ކަމަށެވެ.

ޕްރައިމެރީގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން، މިހާރުގެ ވެސް މޭޔަރު ސިފާ މުހައްމަދުއަށް ބަލާއިރު އެކި މީހުންގެ ވިސްނުން ހުރީ އެކި ގޮތަށެވެ. އެގޮތުން، ސިފާގެ ދެ ދައުރު ނިމިގެންދާއިރު އެންމެ އެދެވޭގޮތުގައި ޒިންމާ ނުއުފުލޭކަމަށް ބުނެ މީޑިއާތަކުގެ ފާޑުކިޔުންވެސް އޭނާއަށް އަމާޒުވެއެވެ. މި ސުވާލު ޝަރީފްއާއި އަމާޒު ކުރުމުން އޭނާ ވިދާޅީ ސިފާއަކީ ގާބިލު ބޭފުޅެއް ކަމަށެވެ. ސިފާއަކީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައި ހުރި ބޭފުޅެއްކަމަށް ވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް، މާލޭ ސިޓީގެ މޭޔަރެއްގެ ހައިސިއްޔަތުން އެ އުފުލަންޖެހޭ ޒިންމާ ނެގުނުކަމަށް ގަބޫލު ނުކުރެވޭކަމަށް ސިފާ ވިދާޅުވިއެވެ.

މޭޔަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާއި ގުޅޭގޮތުން ސުވާލު ކުރުމުގެ ތެރެއިން، މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިކާއި ގުޅޭގޮތުން ސުވާލުކޮށް އޭނާ ގައުމީ އިއްތިހާދާއި ގުޅުމާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭތޯ ސުވާލު ކުުރުމުން ޝަރީފް ވިދާޅުވީ ފަރެސްމާތޮޑާއިން ރައީސް ނަޝީދު ހައްޔަރު ކުުރުމާއި، ގުޅިގެން ސިޔާސީ ހަރަކާތް ވަރުގަދަ ކުރިކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ސިޔާސީ އެކި މީހުން ޖަލަށް ވެސް ލެވުނު ކަމަށެވެ. އެހެން ނަމަވެސް، މުޖްތަމައުއަށް ނޭނގި ފަރުދާގެ ފަހަތުގައި ހިނގާފައި ހުރި ކަންތަކެއް ވެސް ހުންނާނެ ކަމަަށް އޭނާ ވިދާޅުވިއެެވެ. 2013 ގައި ރައީސް ނަޝީދަށް ވާދަ ކުރުމަށްވެސް ފުރުސަތު ލިބުނުއިރު، އެ މުައްދަތުގެ ތެރޭގައި ރައީސް ނަޝީދު ކޯޓަށް ގެންދިއުން ފަދަ ކަމެއް ހިނގާފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، އާދަމް މަނިކު އެމްޑީޕއަށްޓަކައި ވީ ގުރުބާނީއެއް ކަމަށެވެ. އެގޮތުން އާދަމް މަނިކު ގައުމީ އިއްތިހާދާ ގުޅުމަށްފަހު އެމްޑީޕީން ކުރި އެއްވެސް މަސައްކަތަކަށް ހުރަސްއަޅާފައިނުވާނެކަމަށްޝަރީފްވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވީ އާދަމް މަނިކު ރަސްމީ ގޮތަކަށް، އެމްޑީޕީން ވަކިވެވަޑައި ނުގަންނަވާކަމަށެވެ. އެހެން ނަމަވެސް، ހާމަ ނުކުރެވޭނެ ބައެއް މައުލޫމާތުތަކެއް ވެސް ހުންނާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

“ޓީވީ ބޭފުޅުންތީ. ހަބަރު ލިޔުއްވާ ބޭފުޅުންތީ. މާޒީއަށް ޖެހިލާ، އެ ދުވަސްވަރުގެ ހާދިސާތަކާއި ހަބަރުތައް އަލުން ރިވައިންޑްކޮށްލައްވާ. އޭގެ ފަހުން އެމްޑީޕީއިން އިއުލާނު ކުރީ 2013 ގައި ކެމްޕެއިން. އެ ކެމްޕެއިން ހަރަކާތްތައް ހިންގުމުގެ ފުރިހަމަ ފުރުސަތު ލިބުނު. ހަމައެހެންމެ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުުރުމުގެ ފުރުސަތު ލިބުނު. އޭގެ ފަހުން، ފުލުސް އޮފީހަށް ގޮސް ޝަރީއަތަށް ގޮސް އޭގެ ކަމެއް ހިނގާފައި ނެތްކަން ފެންނާނެ. މީގައި، އޮންނާނެ ދެއްތޯ ސިއްރުތަކެއްެ. ހަމަ އެ މައްސަލަ އެހެން އޮއްވާއެއް ނޫންތޯ، ޔާމީންގެ ސަރުކާރުން ރައީސް ނަޝީދުގެ މައްޗަށް ކޯޓަށް ގެންގޮސް ހުކުމް ކުރީ. ހަމަ ވަހީދުގެ ސަރުކާރުގައި ވެސް އެގޮތަށް އެކަން ކުރެއްވޭނެ ނޫންތޯ.” ޝަރީފް

ޝަރީފް ވިދާޅުވީ، އެކި މީހުން އެކި ގޮތްގޮތުން ފަޅުތަކެއް ވެސް ނެގި ކަމަށެވެ. އެހެން ނަމަވެސް އާދަމް މަނިކު އެފަދަ އަމަލެއް ނުހިންގާ ކަމަށެވެ. އެހެން ކަމުން އާދަމް މަނިކަކީ ދުރުވިސްނޭ، ތޫނުފިލި ބޭފުޅެއް ކަމަށެވެ. އަދި މާލެއަށް ބޭނުންވާ ފަދަ މޭޔަރެއް ކަމަށެވެ. ޝަރީފް ވިދާޅުވީ، މާލެއަށް ބޭނުންވާ ހުރިހާކަމެއް ވެސް ކުރެވޭނެ ބޭފުޅަކީ އާދަމް މަނިކު ކަމަށެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: