ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން ހިއްކުމަށްފަހު މާލޭ ރައްޔިތުންނަށް ގޯތި ކަނޑާ ބިން ދޭންޖެހޭ: ސަރަނގު އާދަމް މަނިކު

މާލޭގެ މީހުންނަށް ބިން ހިއްކުމަށްފަހު ގޯތި ކަނޑައަޅާ ބިން ދޭންޖެހޭ: ސަރަނގު އާދަމް މަނކު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މީހުންނަށް ބިން ހިއްކުމަށްފަހު ގޯތި ކަނޑާ ބިން ދޭންޖެހޭ ކަމަށް މާލެ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ އެންމެ ފަހުގެ ރައީސް، ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދަައްކަވަމުން އާދަމް މަނިކު ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަން ކަމަށެވެ. މާލޭގެ ބިމުގެ ދަތިކަން އިންތިހާއަށް އޮތް އިރު އާދަމް މަނިކު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދަނީވެސް މާލޭ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށެވެ.

ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބިމަށް ކުރިމަތިލާ، ރަށު އޮފީސް ނުވަތަ ކައުންސިލް މެދުވެރިކޮށް ބިން ލިބޭއިރު އެ ފުރުސަތު މާލޭގެ ރައްޔިތުންނަށް ނޯންނަކަން އާދަމް މަނިކު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މާލޭގެ ރައްޔިތުން ބިމެއް ބޭނުން ނަމަ އެކަމަށް ޖެހެނީ ކޮމެރިކަލް ރޭޓެއްގައި ގަންނަން ކަމަށް ވިދާޅުވިއެވެ.

އާދަމް މަނިކު ވަނީ ރަށްތަކުގައި ބިން ވިއްކާ އަގުތައް ވެސް ތަފާތުކަން ފާހަގަކުރައްވާފައެވެ. އާދަމް މަނިކު މާލޭގެ ރައްޔިތުންނަށް ކޮމާޝަލް ރޭޓެއްގައި ފްލެޓުތައް ނުދެވެން ވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ދިވެހި ކޮންމެ ރައްޔިތުންނަކީ ވެސް ޓެކްސް ދައްކާ ބަޔަކަށްވާއިރު، ސަބްސިޑީ ލިބެން ޖެހޭކަން އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ މައްސަލަތަކަށް އޮތް ހައްލު ފާހަގަކުރައްވާ އާދަމް މަނިކު ވިދާޅުވީ، ބޭނުން ވަނީ ގެދޮރުވެރިކުރުމަށް ދައުލަތުން މާލޭގެ ރައްޔިތުންނަށް ސަބްސިޑީ ދިނުމަށް ކަމަށެވެ.

ސަންގުޓީވީއަށް ދާދިފަހުން ދެއްވި ބަސްދީގަތުމެއްގައި އާދަމް މަނިކު ވިދާޅުވީ ، ސަރުކާރަށް ދަންނަވައިގެން މާލެއަށް އިސްކަން ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ވިސްނުމަކީ، ރަނގަޅު ކުރިއެރުންތަކެއް ގެނެވިއްޖެ ނަމަ އޭނާގެ ފިޔަވަޅު މަތީން އެހެން މީހުންނަށް ލިބޭނެ ފަސޭހަތައް ހުންނާނެ ކަމަށެވެ. އެއީ ގެންނަން ބޭނުންވާ ބަދަލު ކަމަށާއި، މިވީހާ ދުވަހު މާލެއަށް ފެނުނު އެއްވެސް ކުރިއެރުންތަކެއް ނެތް ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: