ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަމަދޫ އިންޖީނުގޭ މުވައްޒަފަކު ކަރަންޓު ބިލަށް މަކަރު ހަދާތާ ދެ އަހަރު! ވެރިންނަށް ރޭކާވެސްނުލާ!

ކަމަދޫ އިންޖީނުގޭ މުވައްޒަފަކު ކަރަންޓު ބިލަށް މަކަރު ހަދާ ފައިސާ އިތުރަށް ނަގާތާ ދެ އަހަރު!؟ - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ކަމަދޫގެ ކަރަންޓް ބިލްތަކުން އެރަށު އިންޖީނުގޭގެ މުވައްޒަފަކު މަކަރު ހަދަމުންދާކަމުގެ ވާހަކަތައް ދެކެވި އެ ރަށުގެ ބަޔަކު ނިކުމެ މުޒާހަރާކޮށްފިއެވެ.

ބިލްތަކުން އެރަށު އިންޖީނުގޭގެ މުވައްޒަފަކު މަކަރު ހަދަމުންދާކަން ފަޅާއަރާފައި ވަނީ އިއްޔެއެވެ. އަދި އެ މައްސަލައާއި ގުޅިގެން ކަމަދޫގެ ގިނަ އަދަދެއްގެ ބަޔަކު ނުުކުމެ ކައުންސިލް އިދާރާ ދޮށުގައި ވަނީ މުޒާހަރާވެސްކޮށްފައެެވެ. އެނގިފައިވާ ގޮތުގައި ބިލް ހެދުމުގައި މަކަރު ހެދީ އެތަނުގެ އަންހެން މުވައްޒަފެކެވެ.

މީގެން އެއްވެސް ކަމެއް ފެނަކާގެ ވެރިއަކަށް ރޭކާވެސް ނުލައެވެ. ފެނަކައިގެ އިސް ވެރިންގެ އިހުމާލުވެސް މިކަމުގައި ބޮޑުކަން އެރަށުން ފާހަގަކުރެއެވެ.

ކަމަދޫގެ ބައެއް ރައްޔިތުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ބިލް ހެދުމާއި އެކު، ކޮންމެ މަހަކުވެސް ރީޑިން ޗެކް ކުރަނީ އެ އަންހެން މީހާއެވެ.

ބިލަށް އަރާވަރަށް ވުރެ ބޮޑު އަދަދުން ނޯޓުކޮށް އެ އަދަދަށް ފައިސާ ބަލައިގަންނަ ކަމަށް ވާހަކަ ދެކެވެއެވެ. އެއާއި އެކު، ފެނަކައަށް އެ ފައިސާ ދައްކަން ޖެހޭ ހިސާބުން އެ ކޯޕަރޭޝަނާއި ހަވާލު ކުރަނީ ބިލުގެ އަސްލު އަަދަދުކަމަށް ރަށުގެ ރައްޔިތުން ތުހުމަތު ކުރެއެވެ. 

ރަށުގެ ބައެއް މީހުން ބުނާގޮތުން އެ މުވައްޒަފު އިތުރަށް ފައިސާ ނަގަނީ އަމިއްލަ ބޭނުމަށެވެ. އަދި މިއަދާއި ހަމައަށް ވެސް ފެނަކައަށް އޭނާ އެފަދަ އަމަލެއް ހިންގާކަން ޝައްކުވެފައި ވެސް ނެތެވެ. 

މިކަން ފަޅާއެރީ އޭނާ ޗުއްޓީއަށް ދިއުމުން ކަމަށް ވެއެވެ. ރައްޔިތުން ތުހުމަތު ކުރާ ގޮތުން، އޭނާ އެ އަމަލު ހިންގާތާ ދެ އަހަރާއި ގާތް ވަނީއެވެ. މައުލޫމާތު ލިބޭގޮތުންެ މައްސަލައިގައި އޭނާ މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ. މައުލޫމާތު ލިބޭގޮތުން ރަށުގެ ރައްޔިތުން ބިލް ބޮޑުވުމުގެ ޝަކުވާ ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.

އެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ނުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: