ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން މިދިޔަ އަހަރު ތެލުގެ އަގު ވަނީ ހިފަހައްޓާފައި: އަމްރު

އެސްޓީއޯއިން މިދިޔަ އަހަރު ތެލުގެ އަގު ވަނީ ހިފަހައްޓާފައި: އަމްރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުއުފުލިގެން އައި ނަމަވެސް، އެސްޓީއޯއިން 2019 ވަނަ އަހަރު ނިންމާލީ ޑީސެލްއާއި، ޕެޓްރޯލް ވިއްކަމުން އައި އަގުތަކަށް ކޮންޓްރޯލްއެއް ގެނެސް އަގުތަކަށް ދަށްކުރެވިގެންކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން ފާއިތުވީ އަހަރު ހޯދި ކާމިޔާބީތަކާއި، އަދި މިއަހަރަށް އަމާޒު ހިފާފައިވާ ކަންތައް މީޑިއާތަކާއި ހިއްސާކުރައްވަމުން އަމްރު ވިދާޅިވީ 2019 ވަނަ އަހަރު ނިމުނުއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ، އަހަރު ފެށުނު ދުވަސްވަރާއި އަޅާބަލާ 30 އިންސައްތަ މަތީގައި ކަމަށެވެ. ރާއްޖޭގެ ތެލުގެ ބާޒާރަށްވެސް އެ އަސަރު ކުރ ނަމަވެސް އަހަރު ނިމުނުއިރު އެސްޓީއޯއިން އެ އަދަދު ދަށްކޮށްފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ 2019 ވަނަ އަހަރު ފެށިގެން ތެލުގެ ބާޒާރަށް އައި ބަދަލަށްފަހު އަހަރު ނިމުނުއިރު ޑީސަލްއިން 80 ލާރި ކުޑަކުރެވުނު ކަމަށެވެ. އަދި ޕެޓްރޯލްގެ އަގު 2019 ވަނަ އަހަރު ފެށުނު އިރަށްވުރެ ނިމުނު އިރު 1.26 ރުފިޔާ ކުޑަކުރެވުނު ކަމަށް އަމްރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔަ ސަބަބެއްގެ ގޮތުގައި އަމްރު ފާހަގަކުރެއްވީ މެދު އިރުމަތީގައި ހިނގައިދިޔަ ހަމަނުޖެހުމެވެ. އަދި އޭގެ ތެރެއިންވެސް އެސްޓީއޯއިން މަސައްކަތް ކުރީ އޭގެ ސަބަބުން ރާއްޖޭގެ ތެލުގެ ބާޒާރަށް ކުރާނެ އަސަރު ވީހާވެސް ކުޑަކުރުމަށްޓަކާ ކަމަށެވެ. އަމްރު ވިދާޅުވީ އެސްޓީއޯއިން މަސައްކަތް ކުރީ ރައްޔިތުންނަށް ރަނގަޅު އަގެއްގައި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ރާއްޖެއަށް ތެލުގެ ހިދުމަތް ފޯރުކުރުމަށް ބޭރުން ތެޔޮ ގެންނައިރު ކުރިއަށް އޮތްތަނުގައި ރާއްޖެއިން ބޭރަށް ތެޔޮ އެކްސްޕޯޓުކުރާނެ ކަމަށްވެސް އަމްރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: