ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލާލްގެ ހަރުކަށި ވިސްނުމާއި ހެދި ގިނަ ގައުމުތަކުން ވަނީ އޭނާ ބޭންކޮށްފައި: އިންތި

ޖެމެއިކާގެ ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ ދަރުސް ދިނުމަށް ޖެމެއިކާގެ ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ ރާއްޖެ ގެންނަން ނިންމުމުން މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.

ރާއްޖޭގައި ދީނީ ދަރުހެއް ދެއްވުމަށް އެދި ބިލާލްއަށް ފޮނުވި ދައުވަތު އޭނާ ގަބޫލު ކުރައްވާފައިވާކަން މަހުލޫފް ވަނީ ހާމަކުރައްވާފައެވެ. މަހުލޫފް ވިދާޅުވީ ބިލާލް ވަޑައިގަންނަވަނީ ސުލްހަ އާއި މަސަލަސްކަން ޒުވާނުންނަށް ޕްރޮމޯޓް ކުރައްވައި ދަރުސް ދެއްވަން ކަމަށެވެ.

މަހުލޫފްގެ ޓްވީޓަށް ރައްދުދެއްވާ އިންތި ކުރެއްވި ޓްވީޓިގައި ވިދާޅުވީ، އެ މައުޟޫއަށް ދަރުސް ދެއްވުމަށް ބިލާލްއަކީ އެންމެ އެކަށީގެންވާ އިލްމުވެރިއާއެއް ނޫން ކަމަށެވެ. އަދި ބިލާލްގެ ހަރުކަށި ވިސްނުމުގެ ސަބަބުން ދުނިގޭގެ އެތައް ގައުމަކުން އޭނާ ބޭންކޮށްފައިވާކަން އިންތި ފާހަގަކުރެއްވިއެވެ.

ބިލާލްއާއި ގުޅޭގޮތުން ގިނަ މީހުން ދެކޭގޮތުގައި އޭނާއަކީ ދީނާއި ގުޅުވާ ހަރުކަށިކަން އިސްކޮށް، އަންހެނުންނަށް އަމާޒުކޮށް އިހާނެތި ބަސްތައް ބޭނުންކުރާ އިލްމުވެެރިއެކެވެ. އުމުރުން 74 ގެ ބިލާލްގެ ހަރުކަށި ވިސްނުމުގެ ވާހާކަތައް އޭނާގެ ވިކިޕީޑިއާގައި ވެސް ވެއެވެ. އޭގެ ސަބަބުން ބިލާލް އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް ކިންގްޑޮމް، އޮސްޓްރޭލިއާ، ޑެންމާކް، ކެންޔާ، ޖަރުމަންވިލާތު، ބަންގްލަދޭޝް، އަދި ފިލިޕީންސް ފަދަ ގައުމުތައް ހިމެނެއެވެ.

ތުހުމަތުތަކާއި ގުޅިގެން ބިލާލް މީގެ ކުރިން އަބުރުގެ ދައުވާވެސް އުފުލިއެވެ. ބިލާލް ބުނެފައިވަނީ އޭނާއަކީ ހަރުކަށި ވިސްނުމަށް ތާއީދުކުރާ މީހެއް ނޫން ކަމަށާއި، ޖާނުން ފިދާވެގެން ދޭ ހަމަލާތަކަށް ވެސް އޭނާ ހިއްވަރު ނުދޭ ކަމަށެވެ. 2014 ވަނަ އަހަރުގެ ތެރޭގައި ބިލާލް ފިލިޕީންސް އިން ޑީޕޯޓުކޮށްފައިވަނީ އެ ދުވަސްވަރު ހިނގައިދިޔަ ޓެރަރިޒަމް ބައެއް އަމަލުތަކާއި އޭނާއާއި ގުޅިފައިވާކަމުގެ އަޑުތަކެއްވެސް ފެތުރިފައިވަނިކޮށެވެ.

1993 ވަނަ އަހަރު، ނިއުޔޯކްގެ ވޯލްޑް ޓްރޭޑް ސެންޓާރ ގެ ބޮމުގެ ހަމަލާގައި ބިލާލް ހައްޔަރުވެސް ކުރިއެވެ. އޭރު އޭނާ ހައްޔަރުކޮށްފައިވަނީ އިންޓަނޭޝަނަލް ޕޮލިސް އޭޖެންސީ އިންޓަޕޯލްެއަށް ލިބުނު މައުލޫމާތުތަކަކާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ބިލާލްއާއި ގާތް ގުޅުމެއް އޮތް މީހަކު ހިމެނުނުއިރު އޭނާ ބުނެފައިވަނީ 1993 ގެ ކުރިންވެސް އެ މީހާ ދަންނަކަމަށާއި އެއްވެސް ޓެރަރިޒަމް ހަމަލާއެއްގައި ބައިވެރިނުވާ ކަމަށެވެ.

މީގެ އިތުުރުންވެސް ބައެއް ޓެރަރިޒަމް ހާދިސާތަކަށް ހިއްވަރު ދިންކަމަށް ބިލާލްގެ މައްޗަށް ތުހުމަތު ކުރެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: