ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އަހަރު ނުވާ ކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތުގައި މައިންބަފައިންގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

ދެ އަހަރު ނުވާ ކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތުގައި މަންމަ އާއި ބައްޕަގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކަނޑުހުޅުދޫގައި ކާފައާއި މުނިކާފަގެ ފަތާރުން ޖިންސީ ގޯނާ ލިބުނު ކުއްޖާ ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުއްޖާގެ ބައްޕަ ޕީޖީއާއި އެކު މަޝްވަރާ ކުރުމަށްފަހު ކުއްޖާގެ ބައްޕަ ދޫކޮށް، މައިންބަފައިންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަން އެނގި ތިބެ އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ، 62، އާއި މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ، 82، ގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެ ދެމީހުން ވެސް ތިބީ ފުލުހުންގެ ބަންދުގައެވެ. އަދި ބެލެވޭ ގޮތުން މި މަހުގެ ތެރޭގައި އެ ދެމީހުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފެށޭނެއެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވީ މިދިޔަ ޖެނުއަރީ މަހުގެ 19 ގައެވެ. ފުލުހުންނާއި ޖެންޑާރ މިނިސްޓްރީއިން އެ މައްސަލައިގެ މައުލޫމާތުތައް ހާމަކުރުމުގެ ކުރިން، އެކަން އޮތީ ސޯޝަލް މީޑިއާގައި ފެންމަތިކޮށްފައެވެ.

މައްސަލައާއި ގުޅިގެން ކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. ކުއްޖާގެ ބައްޕަގެ މައްޗަށް ވެސް ތުހުމަތުތަކެއްކޮށް އާއްމުންވަނީ އޭނާ ހުޅުމާލޭގައި ހުއްޓާ އެގެެއަށް ވަންނަން މަސައްކަތްކޮށްފައެވެ. އެ ދުވަހު މާލޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ދެކޮޅަށް ހާއްސަ ހަރަކާތެއް ވެސް ކުރިޔަށް ގެންދިޔައެވެ. ކުއްޖާގެ ބައްޕަގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތެއް ނުކުރެއެވެ. އޭނާ ހައްޔަރުކުރީ އިހުމާލުވުމުގެ ތުހުމަތަށެވެ.

ކުއްޖާގެ މުނިކާފައަކީ މީގެ ކުރިންވެސް ޖިންސީ ގޯނާގެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވި، ޝަރީއަތް ކުރިޔަށް ގެންދެވުނު މީހެކެވެ. އެ މައްސަލައިގައި ނޫސްވެރިންގެ ޕްރެޝަރަށް ފުލުހުން ބުނެފައިވަނީ އޭނާ ދޫކޮށްފައި ހުރީ “އުމުރަށް ރިއާޔަތް” ކުރުމަށްފަހުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: