ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެ

ކުޑަކުދިންގެ ހައްގުތައް، ރައްކާތެރި ކުރުމަށް ސަރުކާރުން އިސްލާހު ގެނައި ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ބިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ހައްގުތައް، ރައްކާތެރި ކުރުމަށް ސަރުކާރުން އިސްލާހު ގެނައި ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ބިލަށް މިރޭ 12:00 އިން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމަވާފައި ވަނީ މިހާރު އަމަލު ކުރަމުންދާ  ގާނޫނު ކަމަށްވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނޫނަށު ބައްޓަން ކުރެވިފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާން ކޮށްފައިވާ އެންމެހާ ހައްގުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ބިލު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެ ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރެވޭތާ ތިން މަސް ދުވަހުގެ ތެރޭގައި އެއަށް އަމަލު ކުރަން ފަށާނެ އެވެ. އެ މުއްދަތު މިރޭ ދަންވަރު 12:00 އަށް ހަމަވާނެ އެވެ.

މި ގާނޫނާއި އެކު، ކުޑަކުދިންގެ މައްސަލަތަކުގައި ފުލުހުންގެ ޖަސްޓިސް ޑިޕާޓްމެންޓާއި ގުޅިގެން، ކުއްޖާގެ ރިސްކް އެސެސްމެންޓު ހެދޭނެއެވެ. އަދި އޭގެ ނަތީޖާއަށް ބިނާކޮށް އިތުރު ފިޔަވަޅެއް ނާޅާ، ނަސޭހަތްދީ ނިންމާލަން ޖެހޭ ހާލަތެއްގައި ޑައިވާޝަންއެއްގެ ދަށުން ފިޔަވަޅެއް އެޅުމަށް ނިންމުން ނުވަތަ މައްސަލަ ތަހުގީގު ކުރަން ނިންމުމުމުގެ ބާރު އެ އިދާރާއަކަށް ލިބިގެންދާނެއެވެ. އަދި ޑައިވާޝަންގެ ނިޒާމުގެ ދަށުން އެޅިގެންދާ ފިޔަވަޅުތަކުގެ ތެރޭގައި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ކިބައިން މާފަށް އެދުމާއި ގެއްލުމުގެ ބަދަލު ދިނުމާއި، ކައުންސިލިންގް، ތައުލީމީ، ވޮކޭޝަނަލް، ލައިފްސްކިލް ނުވަތަ ކޮމިއުނިޓީ ސާރވިސް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވާ، އެފަދަ ފިޔަވަޅުތަކުގެ ދަށުން ވެސް އެ ކުދިން ދޫކޮށްލެވޭނެ އިންތިޒާމް، ލިބިގެންދާނެއެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ މަޤްސަދު ތަކުގެ ތެރޭގައި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިއުމާއި، ޖެންޑާރ މިނިސްޓްރީގެ ދާށުން ކުދިން ފޮސްޓާ ކުރެވޭ އުސޫލުތައް ކަނޑައެޅުމާއި، ކުޑަކުދިންނަށް އަޅާނުލާ މީހުންނާއި، އެކުދިންނަށް އިހުމާލުވާ މީހުންނާއި މެދު ފިޔަވަޅު އެޅޭނޭ ގޮތްތައް ކަނޑައެޅުން ހިމެނެއެވެ.

ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނޭއިރު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގަ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މިބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން މި ފަށަނީ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: