ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭއިން ދޫކުރާ ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ހާއްސަ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން، މި ފުރުސަތުތަކަކީ މެލޭޝިއާގެ އެކި ޔުނިވަރސިޓީތަކުން ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީއަށް ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ. މީގެ މަގްސަދަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ޔުނިވަރސިޓީތަކަކީ:

  • ބެޗްލަރ އޮފް އެކައުންޓިންގ: ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ.
  • މާސްޓަރ އޮފް ލޯސް: އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ.
  • މާސްޓަރ އޮފް އިކޮނޮމިކްސް: އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ.
  • ޕީ.އެޗް.ޑީ (އިންސީފް ޔުނިވަރސިޓީ): އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ އިސްލާމިކް ފައިނޭންސް (ރިސަރޗް)، ނުވަތަ އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް).

އެމްއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، މި ސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުންގެ ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތަކުގެ އިތުރުން، ކިޔެވުމުގެ މުއްދަތުގައި ހިނގާނެ އެހެނިހެން ހަރަދުތައްވެސް އެ އޮތޯރިޓީން ހަމަޖައްސައިދޭނެއެވެ.

މި ފުރުސަތުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި ހިނގާ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއަށް ހުށަހެޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތާއި ފޯމު އެމްއެމްއޭގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: