ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ރައީސަކަށް އަމްޖަދު

ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ރައީސަކަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް އަމްޖަދު ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި އަމްޖަދު މުޞްޠަފާ މަޤާމުގެ ހުވައިކުރެއްވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. އަމްޖަދަށް މަޤާމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.

އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަކީ ތަޢުލީމީ ގޮތުން ޝަރީޢާ އެންޑް ލޯ އިން ބެޗްލަރސް ޑިގްރީ އަދި މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައިވާ، ޤާނޫނީ ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، އަމްޖަދު ވަނީ މީގެ ކުރިންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: