ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލައި، ވަގުތުން ފައިސާ ފޮނުވޭ ގޮތް ހަމަޖައްސައިފި

"ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި ހިދުމަތް ފެށުމުގެ ރަސްމިއްޔާތު --ފޮޓޯ: އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ”ފަވަރަ“ އާއި އިންޑިއާގެ ”ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް“ (ޔޫޕީއައި) ގުޅާލައި، ވަގުތުން އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފިއެވެ.

”ފަވަރަ“ އާއި އިންޑިއާގެ ”ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް“ (ޔޫޕީއައި) ގުޅާލައި ހިދުމަތް ފަށާފައިވަނީ އިއްޔެ އެކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖީ. ބާލަސުބްރަމާނިއަން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެމްއޭއިން ބުނެފައިވަނީ މިއީ ރާއްޖެއިން ބޭރުގެ ޕޭމަންޓް ސިސްޓަމަކާއި ފަވަރަ ގުޅާލި ފުރަތަމަ ފަހަރު ކަމަށާއި އެ ހިދުމަތަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވޭ މާލީ މުއާމަލާތްތަކަށް ލިބުނު ފާހަގަަކޮށްލެވޭ ކުރިއެރުމެއް ކަމަށެވެ. އަދި އެ ހިދުމަތް ބޭނުންކޮށްގެން ރާއްޖޭގެ އެތެރޭގައި ވެސް ފައިސާ ފޮނުވޭއިރު، ބޯޑަރު ހުރަސްކޮށް ކުރެވޭ މުއާމަލާތްތަކުގައި ވެސް ވަގުތުން ފައިސާ ފޮނުވޭނެ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ރާއްޖެއިން ދިވެހި ރުފިޔާއާއި ޑޮލަރުން ފޮނުވާ ފައިސާ ވަގުތުން ޔޫޕީއައި މެދުވެރިކޮށް އިންޑިއަން ރުޕީސްއިން ފައިސާ ލިބޭ ފަރާތަކުގެ އެކައުންޓަށް ޖަމާވެގެންދާނެއެވެ.

އެމްއެމްއޭއިން ބުނީ އެ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގައި ވަގުތުން ފައިސާ ފޮނުވޭ ގޮތް ހަމަޖައްސާފައިވާއިރު، އަންނަ އަހަރުގެ ތެރޭގައި ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް ކުރާ މުއާމަލާތްތަކަށް ވެސް އެ ހިދުމަތް ފުޅާކުރާނެ ކަމަށެވެ. އެގޮތުން، ދެވަނަ މަރުހަލާގައި ކިއުއާރް މެދުވެރިކޮށް ވިޔަފާރިތަކަށް ފައިސާ ދެއްކުމާއި ޑިޖިޓަލް ޕޭމަންޓްގެ އިތުރު ހިދުމަތްތައް ފެށުމަށް ވަނީ ރޭވިފައެވެ.

ފުރަތަމަ މަރުހަލާގައި ހިދުމަތް ލިބިގެންދާނީ ބީއެމްއެލް އާއި އިސްލާމިކް ބޭންކް މެދުވެރިކޮށެވެ. އެ ބޭންކުތަކުގެ ކަސްޓަމަރުންނަށް ބޭންކުގެ ޑިޖިޓަލް ޕޯޓަލްތައް މެދުވެރިކޮށް ފަވަރަ ބޭނުންކޮށްގެން އިންޑިއާގެ ޔޫޕީއައިއާ ގުޅިފައިވާ ބޭންކް އެކައުންޓުތަކަށް ފައިސާ ފޮނުވޭނެއެވެ.

އެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާފައިވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް އަދި އެ ހިދުމަތް ދިނުމުގައި ބައިވެރިވާ މާލީ އިދާރާތަކާއި ދެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުގެ އެއްބާރުލުމާއެކު ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެ ހިދުމަތް ފެށުމުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިގްތިސާދީ އަދި މާލީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: