ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ހަފުތާ ތެރޭ ކޮވިޑްގެ ހާލަތު މައްޗަށް ދާނެ: އެންމެން އެކީ މަސައްކަތް ކުރެވިއްޖެ ނަމަ ހާލަތުން އަރައިގަނެވޭނެ!

ކޮރޯނާ ވައިރަހާއި ގުޅިގެން ރައީސް ސޯލިހް ގައުމާއި މުހާތަބުކޮށް ވާހަކަފުޅު ދެއްކެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ދެހަފުތާގައި ބަލީގެ ހާލަތު މައްޗަށް ދާނެ ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ލަފާކޮށްފައިވާ ކަމަށާއި، ނަމަވެސް އެ 14 ދުވަހުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގައުމާއި މުހާތަބު ކުރައްވާ ވާހަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގައި ބަލީގެ ހާލަތު ގޯސްވިޔަ ނުދިނުމަށް ސިއްހީ ހިދުމަތްތެރީން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެންމެ ފުރަތަމަ އަންދާޒާ ކުރި މިންވަރާއި އަޅާބަލާ ބަލީގެ ހާލަތު ގޯސްވެގެން ގޮސްފައި ނުވަނީ ހިއްސީ ދާއިރާގެ ފަރާތްތަކުން ދެއްވަމުން ދިޔަ ލަފައާއި އިރުޝާދުތަކުގެ ސަބަބުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކުރިޔަށް އޮތް ދެ ހަފްތާގައި ރައްޔިތުން ވަރަށް ގިނަ ކަންތަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. ވިސްނުންތެރިކަމާއި އެކު، ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ރައްޔިތުން އަމަލު ކުރައްވައިފިނަމަ ކުރިޔަށް އޮތް ދެ ހަފްތާ ދުވަހުގެ ތެރޭގައި ބަލިން އަރައިގަނެވިދާނެ ކަމުގެ އުންމީދު ބޮޑު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވެގެން ދިޔަ ނަމަވެސް، ބަލި ކޮންޓްރޯލްއިން ނެއްޓިގެން ނުދާނެ ކަމަށެވެ. އަދި ހިއްސީ ހިދުމަތްތެރިން ކުރަމުންދާ މަސައްކަތަށް އުންމީދެއް ވެސް ގެއްލިގެން ނުދާނެ ކަމަށެވެ.

“އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފްތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު” ރައީސް ސޯލިހް

މާލޭގައި ބަލީގެ ނުރައްކާ ބޮޑު ވެފައިވާއިރު، ރާއްޖޭގެ ރަށްތަކާއި ހަމައަށް މި ބަލި ދިޔަނުދިނުމަށް މަސައްކަތްތަކެއް ކުރެވެމުން ދާ ކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މެދުކަނޑައިލަން ޖެހުނީ އެ ސަބަބާއި ހެދި ކަމަށެވެ. އަދި މާލެއިން ރަށްތަކަށް ދަތުރު ކުރުން މަނާކުރީ އެހެން ރަށްތަކުގެ ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށްފަހު ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ މިއީ އުނދަގޫ ފިޔަވަޅުތަކެއް ކަމަށެވެ. އެހެން ނަމަވެސް މި ފިޔަވަޅުތައް އަޅައިގެން ނޫނީ ރައްކާތެރި ކަމެއް ނެތް ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރަން އެ އެންގުންތަކަށް ސަމާލުވުން މުހިންމު ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަތައް ރައްކާތެރި ކުރުމަށް ކަމަށެވެ.

“މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަޙައްމަލްކުރި ގައުމުތަކުގެ ރައްޔިތުން މިހާރު އެ ތައްޔާރުވަނީ، އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް،” ރައީސް ސޯލިހް

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންނަކީ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، ގައުމީ ޖޯޝުން ފުރިގެންވާ ބޭފުޅުންތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: