ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ، މިއަދު ކުރުނބާ މޯލްޑިވްސްގައެވެ.
މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މެލޭޝިއާގެ ބޮޑުވަޒީރަށް މަރުހަބާ ދަންނަވައި، ދެޤައުމުގެ މެދުގައި އޮތް ހަރުދަނާ އަދި އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި ދެމިހުންނަވާނޭ ކަމަށް ވިދާޅުވެފައެވެ. އަދި، ފަތުރުވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް ދެފަރާތުން ވަނީ މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައެވެ.
މިއީ ނޮވެމްބަރު 2022 ގައި މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

