ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒާއި މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް / ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިޔާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާ ލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް 58 އަހަރުވީ ޚާރިޖީ ގުޅުމުގެ ބަދަހި ބިންގަލުގެ މައްޗަށް ބިނާކޮށް ކުރެއްވި ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދިން ކަމަށާއި، ދެ ޤައުމުގެ އިސް ވެރިންގެ މެދުގައި ނަތީޖާ ނެރެވޭނެ ފަދަ މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަތީ ހޯމަ ދުވަހުގެ ރޭގަނޑެވެ. ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީ ޢިއްޒަތުގައި މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުން އޮތީ ރަސްމީ ފާލަމުގައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ސްކޫލް ދަރިވަރުންގެ ސަގާފީ ނެށުމެއްވެސް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން 21 ބަޑީގެ ސަލާމެއް އެމަނިކުފާނަށް ވަނީ އަރުވާފައެވެ. އަދި ދެގައުމުގެ ގައުމީ ލަވަ، އެމްއެންޑީއެފުގެ ބޭންޑުން ވަނީ ކުޅެފައެވެ.

ބޮޑުވަޒީރު އަންވަރަށް މަރުހަބާ ދެންވުމަށް ކެބިނެޓު ވަޒީރުންނާއި، ދައުލަތުގެ އިސް ވެރިންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ހިމެނޭ ފަރާތްތައް އެ ސަރަހައްދަށް އެއްވެ ތިއްބެވެ. އަދި ރައީސް އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އޭގެ ފަހުން އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއިކުރައްވާފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ދެޤައުމުގެ މެދުގައި އައު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރަށްވާފައެވެ. މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، އެއްބާރުލުން އިތުރަށް އައުވެ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުން ވަރުގަދަވެގެން ގޮސްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ވަނީ ރަސްމީ ޢިއްޒަތުގައި ވިދާޢު ސަލާމް ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: