ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތިމައްޗަށް ޓެކްސް ދައްކަން ޖެހޭތީ ޔޫރަޕުގެ ވިޔަފާރިވެރިން ކަންބޮޑުވޭ، މިއީ ރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތްމަތި: ރައީސް ނަޝީދު

އެމްޑީޕީން ކުރި އިހުތިޖާޖު ހަރަކާތެއްގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަތިމައްޗަށް ޓެކްސް ދައްކަން ނުކުޅަދާނަ ކަމަކަށް ވާތީ ޔޫރަޕުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިން ގުޅައި ކަންބޮޑުވުން ފާޅުކުރާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ރައީސް ނަޝީދު ވިދާޅުވީ، ޔޫރަޕުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިން އެމަނިކުފާނަށް ގުޅައި ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދޭ ތަނެއް ނުފެންނަ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، އެ ފަރާތްތަކުގެ ކަންބޮޑުވުމަކީ 40 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހުމުން ދުވަހުގެ ހަރަދު ހިންގާފައި، ލޯނަށް ކަނޑާފައި ޑިވިޑެންޑްއަށް އެކަށީގެންވާ މިންވަރެއް ނެތުން ކަމަށެވެ.

އޭގެ އިތުރުން، މިހާރު ވެސް ޖީއެސްޓީގެ ގޮތުގައި ޔޫރަޕުގައި 20 ޕަސެންޓު ޓެކްސް ދައްކާއިރު، އަދި ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކުން ވެސް ޓީޖީއެސްޓީ ދައްކާއިރު، ރާއްޖޭގައި ވެސް ހަމަ އެ ޓެކްސް މަތިމައްޗަށް ދެއްކުމަކީ އެ ފަރާތްތަކަށް ނުކުޅަދާނަ ކަމަކަށް ވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދޭ ތަނެއް ނުފެންނަ ކަމަށާއި މިއީ ރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތްމަތި ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން އަތުން ރާއްޖެއިން ޖީއެސްޓީ ނަގަން ޖީއެސްޓީގެ ގާނޫނު މިދިޔަ މަހު ވަނީ އިސްލާހުކޮށްފައެވެ. އަދި އެ ފަރާތްތަކުގެ މައުލޫމާތު މީރާއަށް ފޯރުކޮށްދިނުމަށް މީރާއިން މިހާރު ވަނީ ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް އަންގައިފައެވެ.

އޭގެ އިތުރުން، ރާއްޖޭގައި ހިންގަމުންދާ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކޮށްފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމާއަތްތަކުން ވެސް ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: