ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ވިއްކަންވާނީ ފުރިހަމަ ބީލަމުގެ އުސޫލުން ދެފުށް ފެންނަ ގޮތަށް: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ވިއްކާއިރު ހުރިހާ ކަމެއްވެސް ހިނގަންޖެހޭނީ ދެފުށް ފެންނަ ފުރިހަމަ ބީލަމުގެ އުސޫލުން ކަމަށާއި މީގެ ކުރިން ހުޅުލެ އެއާޕޯޓު ހިންގުމަށް ބަޔަކާއި ހަވާލުކުރީވެސް އައިއެމްއެފް މެދުވެރިކޮށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަރުމުދާ ވިއްކުމުގައި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ވިއްކާއިރުވެސް، ޕްރައިވެޓައިޒޭޝަންގައި ކަންކަން ހިނގާންވާނީ ދެފުށް ފެންނަ ފުރިހަމަ ބީލަމުގެ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ހުޅުލޭ އެއާޕޯޓު ހިންގުމަށް ބަޔަކާއި 25 އަހަރު ދުވަހަށް ހަވާލުކުރީ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެމްއެފް) މެދުވެރިކޮށް ހިންގި ދެފުށް ފެންނަ ބީލަމުގެ އުސޫލުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އޭރު ބީލަން ކާމިޔާބުކުރި ޖީއެމްއާރުން ދިވެހި ދައުލަތަށް ވަގުތުން 78 މިލިއަން ދިވެހި ރުފިޔާ ދިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވަނީ މިކަމާއި ގުޅިގެން މީގެ ކުރިންވެސް ވާހަަކަފުޅު ދައްކަވާފައެވެ. އެގޮތުން، އަބޫދާބީގެ ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ކުރިއަށް ގެންދަން ސޮއިކުރުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ޕްރައިވެޓައިޒްކުރުން ނުވަތަ ހަރުމުދާ ވިއްކުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

އެގޮތުން ރަސްމާލޭގައި ވޯޓާފްރޮންޓެއް ތަރައްގީކުރުމަކީ ރަނގަޅު ހިޔާލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ މިވަގުތު ރާއްޖެ މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށް ވެސް ގުޅުން ހުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މަޝްރޫއުގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ނަމަވެސް އެ ތަނުން ދައުލަތަށް އެއްޗެއް ލިބެން އަދި މަދުވެގެން ދެ އަހަރު ނަގާނެއެވެ.

ޑޮލަރުގެ ދަތިކަމުގެ މައްސަލައާ ގުޅިގެން ސަރުކާރުން ބަދަލުކުރާ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ ދަރަނި ދެއްކުމާއެކު މިހާރު ދައުލަތުގެ ރިޒާވުން ބޭރު ފައިސާ ހުސްވެފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އަސާސީ ބައެއް ތަކެތި ގެނައުމަށް ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ބުނަމުންދަނީ އެފަދަ އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: