ދުނިޔެވީ ކަންކަމަށް އިސްކަންދޭ މިންވަރަށް މާތް ﷲ ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތް ބީވެގެން ހިނގައިދާނެކަމާ މެދު ވިސްނާ ބިރުވެތިވަނީ ކިތައް މީހުންތޯ މިއަދުގެ ހުކުރު ހުތުބާގައި ސުވާލުއުފައްދައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޞޫއުއަކީ އިސްލާމީ އަގީދާގެ މުހިންމުކަމެވެ. މާތްﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ ޢަޤީދާގެ ނިޢުމަތް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހުތުބާގައި ބުނެފައިވަނީ ޞައްޙަ ޢަޤީދާއަކީ، މުސްލިމެއްގެ ހުރިހާ ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހާ ހެޔޮކަމެއްގެ ބިންގާ ކަމަށެވެ.
އެންމެންވެސް، ޒަމާން ތަރައްޤީވެ، މާއްދީ ފަސޭހަތައް މިއަދު އިތުރުވެފައިވިޔަސް، ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ ޢަޤީދާގެ ނިޢުމަތެއް ކަމަށް ވަނީ ބުނެފައެވެ. ފަހެ ޞައްޙަ ޢަޤީދާއަކީ، މުސްލިމެއްގެ ހުރިހާ ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހާ ހެޔޮކަމެއްގެ ބިންގާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެންމެންވެސް، ހަމަޖެހުމާއި އުފާވެރިކަމަށް އެދޭ ކަމަށާއި ނަމަވެސް، ޒަމާން ތަރައްޤީވެ، މާއްދީ ފަސޭހަތައް މިއަދު އިތުރުވެފައިވިޔަސް، ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
”މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅު ކަނުލައި އަޑުއަހާށެވެ! (ذَاقَ طَعْمَ الْإِيـْمَانِ مَنْ رَضِيَ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِيْنًا، وَبـِمُحَمَّدٍ رَسُوْلًا)[1] މާނައީ: ”ﷲއީ ރައްބުކަމުގައްޔާއި، އިސްލާމްދީނަކީ ދީންކަމުގައްޔާއި، އަދި މުޙައްމަދު (ސ)އީ ރަސޫލާކަމުގައި ރުހި ޤަބޫލުވެއްޖެ މީހާ، އީމާންކަމުގެ ފޮނިމީރުކަން ލިބިގެންފިއެވެ.“
ހުތުބާގައި ސުވާލު އުފެއްދީ ފޯނުގެ ބެޓެރި ހުސްވާން ކައިރިވުމުން، ފޯނު ނިވިދާނެކަމުގެ ބިރަށް ޓަކައި، ޗާޖުކުރުމަށް އަވަސްވެގަންނަ ފަދައިން މާތް ﷲ ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތް ބީވެގެން ހިނގައިދާނެކަމާ މެދު ވިސްނާ ބިރުވެތިވަނީ ކިތައް މީހުންތޯއެވެ.
ދުންޔަވީ ޙަޔާތް ފާގަތިކުރުމަށާއި، މުދަލާއި ދަރީންގެ މުސްތަޤުބަލަށް ޓަކައި މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ބާއްޖަވެރިކަމަށް ޓަކައި އަހަރެމެންގެ ހިތުގެ ޙާލަތު ރަނގަޅުކޮށް ހަރުދަނާ ޢަޤީދާއެއްގެ ވެރިޔަކަށްވުމަށް މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ދުންޔަވީ ޙަޔާތް ފާގަތިކުރުމަށާއި، މުދަލާއި ދަރީންގެ މުސްތަޤުބަލަށް ޓަކައި މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ބާއްޖަވެރިކަމަށް ޓަކައި އަހަރެމެންގެ ހިތުގެ ޙާލަތު ރަނގަޅުކޮށް ހަރުދަނާ ޢަޤީދާއެއްގެ ވެރިޔަކަށްވުމަށް މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

