ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު 1000 އިން މައްޗަށް!

ރާއްޖޭގައި ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދުތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން - ފޮޓޯ: ވަން/ ހައްޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ޕޮޒިޓިވް ވި މީހުންނާއި އެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 1000 އަށް އަރައިފިއެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވް ވި މީހުންގެ އަދަދުތައް ހާމަކޮށް އެޗްޕީއޭއިން ބުނެފައިވަނީ އާ 38 ކެސްއެއް ފެނިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި، ބަންގްލަދޭޝްގެ 08 މީހަކާއި، ނޭޕާލްގެ ރައްޔިތެއްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މާލޭން އެންމެ ފުރަތަމަ ކޮވިޑް ބަލި ފެނިފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެ ކޭސް ފެނުނުތާ މިއަދަށް އެއް މަސް ދުވަސްވެފައިވާއިރު އަދިވެސް ކޭސްތައް އިތުރުވުމުގެ ބިރު ވަނީ ހީވެފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ބަލީގެ ސާޖެއް އައިސްދާނެ ކަމަށް ސިއްހީ ދާއިރާގެ ފަރާތްތައް ދަނީ ލަފާ ކުރަމުންނެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރެވޭއިރު، ލޮކްޑައުންގެ ސަބަބުން ބަލި ވަނީ ވަރަށް ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް ރާއްޖޭގައި ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި އޭ ސިމްޓޮމެޓިކް ނުވަތަ އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވުމުން ބަލި ހުރެ އެކަން ނޭނގި ތިބި ގިނަ މީހުން ތިބެދާނެ ކަމަަށް ލަފާ ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: