ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ 70% މަސައްކަތް ނިންމައި ހަވާލުކުރުން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ 70 ޕަސެންޓު މަސައްކަތް ނިންމައި ހަވާލުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޭޝަން ޗެޓް ޕޮސްކާސްޓުގައި، ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެންކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

އަދުގެ ސަރުކާރުން ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތީ ޑިފޯލްޓްވުން، ނުވަތަ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، ފުރަތަމަ އިސްކަން ދެއްވީ އެކަމުން ގައުމު ސަލާމަތްކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން، މިއަހަރު ފެށިގެން އައިއިރު ރެކޯޑް މިންވަރަކަށް ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް އިތުރުކުރެވިފައިވާކަން ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަންވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ފެށިގެން އައިއިރުގައި ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ދަރަނި އެއީ އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަންތައް ކަމަށާއި، ބޮލުގައި ބޮޑު ދަރަންޏެއް ނިމިދިޔަ ސަރުކާރުން އޮތީ އަޅުވާފައި ކަމަށް ރައީސް ވިދާޅުވއިެވެ.

ރައީސް ވިދާޅުވީ ހަނގުރާމައާއި އަދި އެހެނިހެން ދަތިތަކާއެކު ވެސް ސަރުކާރުން މަސައްކަތް ކުރަމުން އައީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ކަމަށެވެ. އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންތައްތައް ހަނގުރާމަ ނުފެށުނުނަމަ ކުރިއަށް ގެންދެވުނީސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ތެޔޮ އަގުބޮޑުމުވާއި އެކި މުދަލުގެ އަގުތައް އަގުބޮޑުވުމުގެ ސަބަބުން ހާއްސަ އިސްކަމެއް ދޭން ޖެހުނީ އަސާސީ ކާބޯތަކެއްޗާއި ތެލާއި އެފަދަ ތަކެއްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: