ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19އަކީ ސިއްހީ ނިޒާމަށްއޮތް ބުރަޔަކަށް ވެގެންނުވާނެ: ރައީސް ވަހީދު

ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އަކީ ސިއްހީ ނިޒާމަަށް އޮތް ބުރަޔަކަށް ވެގެންނުވާނެކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ބަނޑަށް މަރުވާ ކުދިންނާއި ވިހެއުމަށްފަހު މަރުވާ ކުދިންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި ރައީސް ވަހީދު ވިދާޅުވީ ދެމަސް ދުވަހުގެތެރޭ އެފަދަ ހަތަރު މަރު އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. އަދި ކޮވިޑް-19އާއި ގުޅިގެން ސިއްހީގޮތުން ދިމާވާ އެހެން ކަންކަމުން ސިއްހީ ދާއިރާއަށް ބުރަބޮޑުވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. ޔުނިސެފް މޯލްޑިވްސްއާއި ހެލްތު މިނިސްޓްރީ ޓެގު ކުރައްވައި ކޮށްފައިވާ މިޓޫވީޓުގައި މިހާރަށްވުރެ ބޮޑަށް މިފަދަ ކަންކަމަށް ސަމާލުވެ މމިފަދަ މަރުތައް މަދުކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް ވަނީ ގޮވާލައްވާފައެވެ.

ދުވަސްނުފުރާ ވިހެއުމަށްފަހު، އިއްޔެގެ ވަގުތެއްގައި އެއްމާބަނޑު ދެކުދިން ވަނީ ދ. ކުޑަހުވަދޫގައި ނިޔާވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެކުދިން ވިހާފައިވަނީ ބަނޑަށް ފަސް މަހުގައެވެ. އަދި އެކުދިން ނިޔާވީ އިތުރު ފަރުވާއަށް މާލެ ދިޔުމަށް އެޗްޕީއޭއިން ހުއްދަ ދޫކުރުން ލަސްވުމުން ކަމަށް އާއިލާއިން އަންނަނީ ބުނަމުންނެވެ. ފުރަތަމަ ކުއްޖާ ނިޔާވިއިރު، ފްލައިޓް އައިސްފައިނުވާ ކަމަށާއި ދެވަނަ ކުއްޖާ ނިޔާވީ ފްލައިޓްއައި ފަހުންކަމަށް މައުލޫމާތު ލިބެއެވެ.

މިދޔަ މަހުގެ ތެރޭގައިވެސް ދެރަށެއްގައި މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. އެދެ ހާދިސާ ހިނގާފައިވަނީ ށ. ނަރުދޫގެ އިތުރަށް އއ. ތޮއްޑޫގައެވެ.

ކޮވިޑް-19އާއި ގުޅިގެން އެއް ރަށުން އަނެއް ރަށަށް އެޗްޕީއޭގެ ހުއްދައާއި ނުލައި ދަތުރުކުރުން މަނާކޮށްފައިވާއިރު، ކުއްލި ހާލަތްތަކުގައި ހުއްދައަށް އެދުމުން ހުއްދަ ދޫކުރުން ލަސްވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮވިޑް-19އާއި ގުޅިގެން އެހެން ބަލިތަކަށް ފަރުވާކުރުމުގައި އިހުމާލުތަކެއްވާކަމަށް ގަބޫލުކުރައްވަންތޯ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސުވާލުކުރުމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ ކަންކަން ދިމާވަމުންދާކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، މިހާލަތުގެ ނާޒުކުކަން ވިސްނަންޖެހޭ ކަމަށާއި ރާއްޖޭގެ އެކި ހޮސްޕިޓަލުތަކުގައި ދުވާލެއްގެ މައްޗަށް އެތައް ހާސް މީހުންނަށް ފަރުވާ ދެމުންދަ ކަމަށާއި އެތައް ސަތޭކަ މީހުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ ކަމަށެވެ.

ކަމާއި ގުޅުންހުރި އިދާރާތަކުން ކެނޑިނޭޅި އެދަނީ މަސައްކަތްތައް ކުރަމުން. އާސަންދަ އަދި އެންސްޕާ ފަދަ ތަންތަނުން ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއްކުރޭ. ބައެއް ކަންކަން “މިސް”ވާކަން ނޫނީ ލަސްވާކަން އަޅުގަނޑަށްވެސް ގަބޫލުކުރެވޭ. އެކަންކަން ރަނގަޅުކުރަންޖެހޭކަންވެސް ގަބޫލުކުރަން.

މިހިނގާ ޖޫންމަހުގެ 3 ވަނަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ރަނގަޅު އެތައް ކަމެއް ހިނގަމުންދާއިރު، އަބަދުވެސް ފާހަގަވެގެންދާނީ ނުވަތަ އާންމުންނާއި ހަމައަށް އަންނާނީ ނުރަނގަޅު ކަންކަން ކަމަށެވެ.

ވިހެއުމުގެ ތެރޭގައި ނުވަތަ ވިހެއުމަށްފަހު ދިމާވާ ހިތާމަވެރި ހާދިސާތަކުގެ އިތުރަށް ސިއްހީ އެހެން ބައެއް މައްސަލަތައްވެސް މިދުވަސްކޮޅު އަންނަނީ ފެންމަތިވަމުންނެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: