ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯޓިސްގެ މުއްދަތު ހަމަވެ، ނޯޓިސް ނުނަގާނަމަ ރިޕޯޓުކުރައްވާ!

ޝެއާރކޮށްލާ ކަހަލަދޯ؟

މޮނިޓަރިންގެ ހާލަތަށް ގެއެެއް ލުމަށްފަހު، ގޭގައި ތަތްކުރާ ނޯޓިސްގެ މުުއްދަތު ހަމަވުމަށްފަހުވެސް، ނޯޓިސް ނުނަގާނަމަ އެކަން ރިޕޯޓުކުރެއްވުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އެދިވަޑައިގެންފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކަނޑައެޅީފަިއވާ މުއްދަތު ފާއިތުވުމަށްފަހުވެސް ނޯޓިސް ނުނަގާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން، މިކަމާއި ގުޅިގެން ކުރިން އަމަލުކުރަމުންދާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މުއްދަތު ފަހަނައަޅައި ދިޔުމުންވެސް، ނޯޓިސް ނުނަގާ ހުންނަކަމުގެ ޝަކުވާއާއި، ނުބައި އެޕާޓްމަންޓެއް ނުވަތަ ނުބައި ގެއެއްގައި ނޯޓިސް ހިއްޕާފައި ހުންނަކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިފަދަ ހާލަތެއްގައި ޝަކުވާ ހުށައަޅަން ޖެހިއްޖެނަމަ، 1676އަށް ގުޅުއްވާނީ. އަދި ފަހަކަށް ފިތާލުމަށްފަހު މޮނިޓަރިންއާއި ގުޅޭ މައްސަލަތައް .އަދި ނޯޓިސް ނައްޓާލުމުގެ ހުއްދަ ވެރިފަރާތަށް ލިބިގެންދާނެ. ރިޕޯޓުކުރެއްވޭނެ

މީގެ އިތުރަށް، މަބްރޫކް ވިދާޅުވީ މިހާރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަނީ ޓެސްޓު ކުރަމުންދާ މިންވަރު މަދުވެގެން ނޫން ކަމަށެވެ.

އެގޮތުން މެއި 30 ވަނަ ދުވަހު 653 ސާމްޕަލެއް ނަގާފައިވާއިރު 81 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި 31 ވަނަ ދުވަހު 557 ސާމްޕަލްގެ ތެރެއިން 101 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޖޫން 31ގެ އިރުއޮއްސި 6ކުން ފެށިގެން ޖޫން 1 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް 835 ސާމްޕަލެއް ޓެސްޓުކުރި ކަމަށާއި އޭގެ ތެރެއިން ޕޮޒިޓިވްވީ 56 މީހުން ކަމަށެވެ. އަދި ޖޫން 2ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް 704 ސާމްޕަލެއް ޓެސްޓުކޮށްފައިވާއިރު 12 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޖޫން 3ގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް 618 ސާމްޕަލެއް ޓެސްޓުކޮށްފައިވާއިރު  އޭގެތެރެއިން ޕޮޒިޓިވްވީ 9 މީހެއް ކަމަށާއި 4 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް 685 ސާމްޕަލެއް ޓެސްޓުކުރިއިރު އޭގެ ތެރެއިން 22 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 5 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް 957 ސާމްޕަލް ޓެސްޓުކުރި ކަމަށާއި އޭގެތެރެއިން ޕޮޒިޓިވްވީ 11 މީހުން ކަމަށް ވިދާޅުވިއެވެ. އަދި ރޭގައި ހާމަކުރި 18 މީހުން ޕޮޒޓިވްވީ ޓެސްޓުކުރެވުނު 725 ސާމްޕަލްގެ ތެރެއިން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން، ޕޮޒިޓިވްވާ މީހުންގެ އަދދު މަދުވަނީ ޓެސްޓުކުރެވޭ މިންވަރު މަދުވެގެންނޫން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް، އައިޖީއެމްއެޗް ލެބޯޓްރީގައި ހުރި 2 އެކްސްޓްރެކްޝާން މެޝިނުގެ ތެރެއިން 1 މެޝިނު މައްސަލަޖެހިފައިވާ ކަމަށެވެ. އަދި ދެމެޝިން މަސައްކަތްކުރިއިރު ދުވާލަކު 700އެއްހާ ސާމްޕަލް ޕްރޮސެސް ކުރެވޭކމަށާއި މިހާރު ޕްރޮސެސް ކުރެވެނީ ދުވާލެއްގެ މައްޗަށް 400އާއި 500 ސާމްޕަލް ކަމަށް ވިދާޅުވިއެވެ. އަދި އެމެޝިނު މަރާމާތުކުރުމަށް ބޭރުން ގެންނަންޖެހޭ ސާމާނު ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: