ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިބިފައިވާ ގެއްލުންތައް ވަނީ އެންޑިއެމްއޭއާއި ހިއްސާކޮށްފައި: އައްޑޫ ސިޓީ މޭޔަރ

ހުސްވި މެއި މަހު އައްޑޫއަށް ކުރި ވިއްސާރާގައި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި/ ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި ގެއްލުންވި ގެތަކުގެ މައުލޫމާތު އެންޑީއެމްއޭއާއި ހިއްސާކޮށްފައިވާކަމަށް މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވެއްޖެއެވެ.

“ސަންގު”އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވީ ވިއްސާރައިގައި ލިބިފައިވާ ގެއްލުންތައް ބަލައި ދިރާސާކުރުމަށްފަހު އެމައުލޫމާތުތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓާއާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ކޮންމެ ފަހަރަކުވެސް ވިއްސާރާގައި ގެތަކަށް ގެއްލުން ލިބެމުންދާ ކަމަށާއި އަދި ގެއްލުންތަކުން އަރައިގަތުމަށް އެންޑީއެމްއޭއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އަދި މިފަދަ ގެއްލުންތަކުން ސަލާމަތްވުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކާނުތައް ސާފުކުރުމާއި، ފެންބޮޑުވާ ދިމާލުގައި ހޮޅި އެޅުންފަދަ ކަންކަން ކުރަމުންގެންދާ ކަމަށް ވިދާޅުވިއެވެ. ގެތަކުގެ ތެރެއިން ވަކި ގެތަކުގައި ފެންބޮޑުވާކަންވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެގެތަކަށް މިވަގުތުކުރެވެން އޮތްކަމަކީ ގެތައް އުސްކުރުން ކަމަށް ވިދާޅުވިއެވެ. ގެތަކަށް ވެލި އަޅައިގެން ގެތައް އުސްކުރުމަށް ބޭނުންވާނަމަ، އެކަމަށް އެހީވެދިނުމަށް ސިޓީ ކައުންސިލުން އެހީވެދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. 

މިހާރު އެޮތް އެންމެ ބޮޑު ހައްލަކީ ގެތައް އުސްކުރުން. އމާރާތުގެ ތެރެއަށް ވެލި އަޅައިގެން އިމާރާތް އުސްކުރުން. އެކަމަށް އެދޭ ގެތަކަށް ގޮތެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން މިގެންދަނީ. އެކމަުގެ މަޝްވަރާތައް ވަނީ ކުރެވިފައި. ފުދޭވަރަކަށް ބޮޑު ޚަރަދެއް ހިނގާނެކަމެއް މިއީ. މިގޮތަށް ދެގެއަކަށް މިހާރުވެސް އެހީވެދެވިއްޖެhttps://twitter.com/AdduCityCouncil/status/1261624082295959557

ހުސްްވި މެއި މަހު އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި ގާތްގަނޑަކަށް 600އެއްހާ ގެއަށް ގެއްލުންވެފައިވާ ކަމަށް އައްޑޫ ސިޓި ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ފޭދޫގެ ގެތަކަށް ކަމަށްވެސް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: