ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ އުމުރުން ދުވަސްވީ މީހެއް ކޮވިޑަށް ޓެސްޓު ކުރިއިރު ބައްޔަށް ޕޮޒިޓިވް!

ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ އުމުރުން ދުވަސްވީ މީހެއް ކޮވިޑަށް ޓެސްޓު ކުރިއިރު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އުމުރުން 70 އަހަރުގެ އެ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދުގެ މެންދުރު 01:00 ހާއިރު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިއީ ކޮވިޑު ޖެހިގެން ރާއްޖެއިން ނިޔާވި13 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން 13 ވަނަ މީހަކު ނިޔާވެފައިވާކަމަށް މިއަދުގެ ހަވީރު ހާއިރު ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އެގޮތުން އެ މީޑިއާތަކުން ބުނެފައިވަނީ، ކަށްނަމާދުގެ ޕޭޖުގައި ވެސް ނިޔާވި މީހާގެ މައުލޫމާތު އާއްމުކޮށް އޭނާގެ މޫނުވެސް ދައްކާފައިވާ ކަމަށެވެ.

އަންހެން މީހާ ނިޔާވެފައިވާކަމަށް، ކަނޑައަޅާ ހޮސްޕިޓަލުން ދޫކޮށްލީ ކޮވިޑަށް ޓެސްޓުކުރުމަށްފަހު ނަތީޖާތައް ނުލިބެނީސް ކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: