ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހުގެ މުސާރައާއެކު ދޭން ބުނި ފްރަންޓްލައިން އެލަވަންސް އަދިވެސް ނުލިބޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

 ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ދޭނެ ކަމަށް ބުނާ އެލަވަންސް އަދިވެސް ދީފައިނުވާ ކަމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުން ބުނެފިއެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދޭކަމަށް އަޑުތައް ފެތުރެން ފެށުމުން ސަންގު ޓީވީއިން ވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނާއި އެކަމާ ގުޅިގެން ސުވާލުކޮށްފައެވެ. އަދި ވާހަކަދެއްކި ގިނަ މުވައްޒަފުން ވަނީ ފްރަންޓްލައިން އެލަވަންސް އަދިވެސް ނުލިބޭކަމަށް ބުނެފައެވެ. މީގެ ތެރޭގައި ބައްޔަށް ޓެސްޓުކުރުމަށް ސާމްޕަލްނަގާ މުވައްޒަފުންވެސް ހިމެނެއެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ އިނާޔަތެއް ދޭނެކަން ހާމަކޮށްފައިވަނީ މެއި މަހުގެ ތެރޭގައެވެ. އަދި އެއިނާޔަތް ޖުލައި މަހުގެ މުސާރައާއެކު ދޭނެކަމަށް ވަނީ ބުނެފައެވެ.

ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ފައިސާ ދިނުމަށް މިންގަނޑުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. 

އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވެންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާއި ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.

މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހުން ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އަދި ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.

ފްރަންޓްލައިން އެލަވަންސް ދިނުން އަވަސްކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއްވެސް  ޖުލައި މަހުގެތެރޭގައި ހުށައަޅުއްވާފައެވެ. އެހެންނަމަވެސް އެމައްސަލައަށް ބަހުސް ކުރެއްވުމަށް ފާސްވާ މިންވަރަށްވެސް މެމްބަރުން ވޯޓު ދެއްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: