ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ކޮވިޑްއަށް ޕޮޒިޓިވްވެފައިވަނީ 86 މީހެއް، މީގެ ތެރޭގައި 56 ދިވެހިން!

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލެ ސިޓީއިން ކޮވިޑުގެ ކޭސްތައް ފެންނަ ނިސްބަތް އިތުރުވެފައިވާއިރު، މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުތައް 86 އަށް އަރާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފިއެވެ.

ރާއްޖޭގައި މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 56 ދިވެހިން ހިމެނެއެވެ. ދެން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 27 މީހަކާއި، އިންޑިއާގެ މީހެއްގެ އިތުރުން ފިލިޕީންސް އާއި ސްރީލަންކާގެ  މީހެކެވެ.

ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އެއް ކޭސް ފެނިފައިވަނީ މާލެއިން ބޭރުންނެވެ. މާލޭގެ އިތުރުން ކޮވިޑްގެ ކޭސްއެއް މިއަދު ފެނިފައިވަނީ ބ. ކުޑަރިކިލު އިންނެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކޮށް، ދޫކޮށްލުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރިއިރުއެވެ.

އެޗްޕީއޭއިން ޑޭޝްބޯޑުގައި ހިއްސާކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މިވަގުތު ކޮވިޑަށް ފަރުވާދެމުންދާ 1،936 މީހެއް އެބަތިއްބެވެ. އަދި މީގެ ތެރެއިން 128 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މާލެއިން ކޭސްތައް މަދުވުމުން، ބައްޔާއި ދެކޮޅަށް އަޅާފައި ހުރި ވަރުގަދަ ފިޔަވަޅުތަކަށް ލުއިދިނެވެ. އަދި އެއަށްފަހު ކުއްލި ގޮތަކަށް ކޮވިޑު ފެތުރުން އިތުރުވެ، މިހާރު ވަނީ އިންޑިޕެންޑެންޓް ކޭސްތައް ނުވަތަ އިތުރު އެއްވެސް ކަލަސްޓާއަކާއި ގުޅުމެއް ނެތި ވެސް ބައްޔަށް ޕޮޒިޓިވްވާ މީހުން ފެންނަން ފަށާފައެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ޒުވާން އުމުރުފުރާ ގިނައިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓް ވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ވަނީ، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާއިރު އެ މީހުން ގިނަ ބަޔަކާއި ބައްދަލުވެފައި ހުރުމާއި އަދި މޫވްމެންޓުތައް ވެސް ގިނަކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކޮވިޑު ޖެހޭ މީހުންގެ ގިނަ ކޮންޓެކްޓްސްތައް އޮފީސްތަކުން ފެންނާނީ އެކަމުގެ ކަންބޮޑުވުން ވެސް އެޗްއީއޯސިން ވަނީ ހިއްސާކޮށްފައެވެ. އަދި މި ދުވަސްވަރު ގެއިން މަސައްކަތް ކުރުމަށް ބާރު އަޅާ، ކޮންމެހެން ވެސް އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކަށް ލިމިޓެޑް ސްޓާފުން ނެރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ކޮވިޑާއި ދެކޮޅަށް އަނެއްކާވެސް މާލޭގައި ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭގަނޑުގެ 10:00 އިން ފެށިގެން ފަތިހުގެ 05:00 އާއި ހަމައަށް އެއްވެސް މީހަކަށް ބޭރުތެރޭގައި ނޫޅެވޭނެއެވެ. އެ ގަޑިތަކުގައި ބޭރުގައި އުޅޭ މީހުން ހުއްޓުވާ ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މި އުސޫލާއި ހިލާފުވާނަމަ އެ މީހަކު 1،000 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: