ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާވައިދޫގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ދަތުރުކޮށް، ހދ. ނާވައިދޫ ހޯމް ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހެއް ކޮވިޑަށް ޕޮޒިޓިވެވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

މީޑިއާތަކާއި މައުލޫމާތުތައް ހިއްސާކޮށް އެޗްއީއޯސީން ބުނެފައިވަނީ ބައްޔަށް ޕޮޒިޓިވްވެފައިވަނީ 68 އަަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކޮށް ދޫކޮށްލުމުގެ ކުރިން ބައްޔަށް ޓެެސްޓުކުރިއިރު ކަމަށް ވަނީ ބުނެފައެވެ.

އެޗްއީއޯސީން ބުނެފައިވަނީ، އެ މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދާ، ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް މާލެއިން ރަށަށް ގޮސް ކަރަންޓީނުވާ މީހުން ކޮވިޑަށް އަންނަނީ ޕޮޒިޓިވްވަމުންނެވެ. އަދި އެ މީހުން ބައްޔަށް ޕޮޒިޓިވްވާކަން އެނގެނީ، ދޫކޮށްލުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރާއިރުއެވެ. މިހާތަނަށް ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ، އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.

މާލެއިން ކޭސްތައް މަދުވުމުން، ބައްޔާއި ދެކޮޅަށް އަޅާފައި ހުރި ވަރުގަދަ ފިޔަވަޅުތަކަށް ލުއިދިނެވެ. އަދި އެއަށްފަހު ކުއްލި ގޮތަކަށް ކޮވިޑު ފެތުރުން އިތުރުވެ، މިހާރު ވަނީ އިންޑިޕެންޑެންޓް ކޭސްތައް ނުވަތަ އިތުރު އެއްވެސް ކަލަސްޓާއަކާއި ގުޅުމެއް ނެތި ވެސް ބައްޔަށް ޕޮޒިޓިވްވާ މީހުން ފެންނަން ފަށާފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ޒުވާން އުމުރުފުރާ ގިނައިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓް ވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ވަނީ، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާއިރު އެ މީހުން ގިނަ ބަޔަކާއި ބައްދަލުވެފައި ހުރުމާއި އަދި މޫވްމެންޓުތައް ވެސް ގިނަކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކޮވިޑު ޖެހޭ މީހުންގެ ގިނަ ކޮންޓެކްޓްސްތައް އޮފީސްތަކުން ފެންނާނީ އެކަމުގެ ކަންބޮޑުވުން ވެސް އެޗްއީއޯސިން ވަނީ ހިއްސާކޮށްފައެވެ. އަދި މި ދުވަސްވަރު ގެއިން މަސައްކަތް ކުރުމަށް ބާރު އަޅާ، ކޮންމެހެން ވެސް އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކަށް ލިމިޓެޑް ސްޓާފުން ނެރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: