ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދޫ ތަހުތު ބޯޓުގެ ކޭސްއާއި ގުޅޭ އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް

އިހަވަންދޫ ތަހުތު ބޯޓުގެ ކޭސްއާއި ގުޅޭ އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުން/ ފޮޓޯ: އިހަވަންދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އިހަވަންދޫގެ ތަޚްތު ބޯޓުން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓުވި ދެ ބިދޭސީއެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ހއ. އިހަވަންދޫގެ ތަޚްތު ބޯޓުގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެ، ބޯޓު ދަތުރުކޮށްފައިވާ ބައެއް ރަށްތައް މޮނީޓަރިންގެ ހާލަތަށް ވެސް ގެނައެވެ. ތަހުތު ބޯތަކީ އެއީ މާލެއާއި ހއ. އަތޮޅުގެ ގިނަ ރަށްތަކާއި ދެމެދު ދަތުރު ކުރާ ބޯޓެކެވެ. އެގޮތުން ނިމިދިޔަ ހަފްތާގެ ތެރޭގައި ބޯޓު މަޑުކުރި ރަށްތަކުގެ ތެރޭގައި ހދ. މަކުނުދޫ އާއި، ވައިކަރަދޫ ހިމެނެއެވެ.

މީޑިއާތަކާއި މައުލޫމާތުތައް ހިއްސާކޮށް، އެޗްއީއޯސީން ބުނެފައިވަނީ އިހަވަންދޫ ކޭސްތަކާއި ކޮންޓެކްޓުވެފެން ދެ ބިދޭސީއެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ތަހުތު ބޯޓުގެ ކްލަސްޓާ ބޮޑުވެދާނެކަމަށް ބެލެވޭއިރު، މި ކޭސްގެ ކޮންޓެކްޓް ޓްރޭސިން އަދިވެސް ދަނީ ކުރިޔަށެވެ.

މި ދެ ކޭސް ފެނިފައިވަނީ ނެގި 41 ސާމްޕަލް ތެރެއިން ނަމަވެސް އަދި ނަތީޖާ ނުލިބޭ 25 ސާމްޕަލްއެއް އެބަހުއްޓެވެ. ދެ ކޭސްއާއި އެކު އިހަވަންދޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 05 އަށް އަރައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: