ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިލަންދޫއިން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އަދަދު ހަތަރަކަށް!

ފ. ނިލަންދޫއިން އަނެއްކާވެސް އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 4 އަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ނިލަންދޫއިން އަނެއްކާވެސް އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 04 އަށް އަރައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވައިވަނީ، ރަށުން ނަގާފައިވާ ސާމްޕަލްތަކުން އިތުރު ދެ މީހެއްގެ ނަތީޖާތައް ޕޮޒިޓިވް ކަމަށެވެ. ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސް، އަރާ ފޭބުން ވެސް މަނާކޮށްފައިވާއިރު ކޮވިޑަށް ޕޮޒިޓިވް ވި މީހުންނާއި އެހެން ބަޔަކު ބައްދަލުވެފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި، ދެ ފިރިހެނުންނެވެ. އަދި މީގެ ތެރެއިން އެކަކު ގިނަ ބަޔަކާއި ބައްދަލުވެފައިވެއެވެ. އެހެން ކަމުން ކޮންޓެކްޓް ޓްރޭސިންއަށް ގިނަ ބަޔަކު ވަނީ ފާހަގަކުރެވިއެވެ.

މާލޭގެ އިތުރުން ބަލި ފެނުނު ރަށްތަކަކީ، އައްޑޫސިޓީގެ ފޭދޫ އާއި ހިތަދޫ، ފުވައްމުލަކު ސިޓީ އާއި ބ. އޭދަފުއްޓާއި އެ އަތޮޅު ކަމަދޫ އާއި ކުޑަރިކިލާއި ކ. މާފުއްޓާއި ތުލުސްދޫ އާއި ހއ. ފިއްލަދޫ އާއި ދިއްދޫ އާއި ހއ. އިހަވަންދޫ އާއި ހދ. ނައިވާދޫ އާއި ގއ. މާމެންދޫ އާއި ރ. ހުޅުދުއްފާރު އަދި ވ. ފުލިދޫ އެވެ. މީގެ ތެރޭގައި ބައެއް ރިސޯޓުތައް ވެސް ހިމެނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: