ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ދެއްކި ނަމޫނާތަކަކީ، ޑިމޮކްރަސީއަށާއި ސުލްހައަށް ގެނުވަދޭ އުންމީދެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއްގެ ގޮތުގައި، ތަނުގެ އަމާންކަމާއި ސުލްހަ ދެމެހެއްޓުމަށް އިންޑިއާއިންކޮށްފައިވާ މަސައްކަތްތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް ލިބިދޭ އުންމީދެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 74 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ވަނީ އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އެޤައުމުގެ ރައްޔިތުންނަށް ފޮނުއްވާފައެވެ. އިންޑިއާއަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބިފައިވަނީ 15 އޯގަސްޓް 1947 ގައެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާއަކީ ދުނިޔޭގެ ޑިމޮކްރަސީއަށާއި ސުލްހައަށް އުންމީދެއް ކަމަށެވެ.

ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަދި އިންޑިއާއިން ދަނީ އެކި ގޮތްގޮތުން ރާއްޖެއަށް ލޯނުތަކާއި، އެހީތައް ފޯރުކޮށްދެމުންނެވެ.

https://twitter.com/ibusolih/status/1294473338962804736

ރައީސް ސޯލިހް އިންޑިއާއިން އެ ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރި މަސައްކަތްތަކަށް ތައުރީފްކޮށް ވާހަކަ ދެއްކެވި ނަމަވެސް އެ ގައުމަކީ މުސްލިމުންނާއި މެދު ނަފްރަތާއި ރުޅިވެރިކަން އަދި އަނިޔާވެރިކަން އިސްކުރާ އެއް ގައުމެވެ.

އިންޑިއާއި ސަރުކާރުން ބާއްވާ ގާތް ގުޅުމަށް ވެސް ފާޑުކިޔުންތައް އަމާޒުވެއެވެ.

 މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އިން ވަނީ ގްރޭޓާ މާލެ ސަރަހައްދު ގުޅާލާ ބްރިޖުގެ މަސައްކަތަށް 500 މިލިއަން ޑޮލަރު ދޭން ނިންމާފައެވެ. އަދި ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދޭން ނިންމައި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އިތުރު ހަތް މަޝްރޫއަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: