ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ކެއާ ޕެކޭޖުތައް ފޮނުވައިދީފި

ކިއުބާގައި ކިޔަވަން ތިބި 9 ދިވެހި ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެއަރ ޕެކޭޖްތައް ފޮނުވާފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކިއުބާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންތަކަށް އާއިލާގެ ފަރާތުން ފޮރިން މިނިސްޓްރީ މެދުވެރި ވެގެން ކެއާ ޕެކޭޖުތައް ފޮނުވައިދީފި އެވެ.

ކޮވިޑް-19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ ކެއަރ ޕެކޭޖްތައް ފޮނުވަނީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.

މިކަމަށް މަގިފަހިކުރުމަށް ފޮރިން މިނިސްޓްރީ އާއި ލަންކާގައި ދިވެހި ހައިކޮމިޝަން ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާއިރު، ކޮންމެ ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.

މިނިސްޓްރީން ބުނެފައިވަނީ ކެއާ ޕެކޭޖުތައް ފޮނުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އާއި އެމްއޭސީއެލް އަދި ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މީގެ ކުރިން ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް ޕެކޭޖްތައް ފޮނުވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: