ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މައްސަލައިގެ ލިޔެކިޔުންތަކެއް ރޭ ދަންވަރު ވެސް ޕީޖީއިން ކޯޓަށް ވެއްދި: ވަކީލުން

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާސިފް އާއި ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާ، މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފެށިއިރު ރޭ ދަންވަރާއި މިއަދު ހެނދުނު ވެސް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ކޯޓަށް ލިޔެކިއުންތައް ވެއްދިކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލައަކީ ގިނަ އަދަދެއްގެ ލިޔެކިއުންތައް ހިމެނޭ ޖިނާއީ ބޮޑު މައްސަލައެއް ކަމަށެވެ. ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުމުގެ ލިޔެކިޔުންތައް ރައީސް ޔާމީނާއި އަދި ވަކީލުންނަށް ފޯރުކޮށްދީފައި ނުވާކަމަށް އާސިފް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނާއި ބައްދަލު ކުރުމުގެ އެއްވެސް ފުރުސަތެއް، ވަކީލުންނަށް ދީފައި ނުވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. 

އާސިފް ވިދާޅުވީ މަނީ ލޯންޑްރިން މައްސަލައިގެ ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުމުގައި ވެސް ރައީސް ޔާމީނަށް ވަކީލުންގެ ބައްދަލުވުންތައް ހަމަޖެއްސުމަށް ދައުލަތަށް އެނގި ކަމަށެވެ. އެހެން ނަމަވެސް އެ އުސޫލަށް ވެސް އަމަލުކޮށް، ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ފުރުސަތެއް ދީފައި ނުވާކަމަށް އާސިފް ވިދާޅުވިއެވެ.

ކްރިމިނަކް ކޯޓުގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ، މަނީ ލޯންޑްރިން އާއި ރިޝަވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބޭއްވިއިރު، ވަކީލުންގެ ބައްދަލުވުންތައް ހަމަޖެހިފައިނުވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ގާނޫނީ ޓީމުން ވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ.

އާސިފް ވިދާޅުވީ، އާދީއްތަ ދުވަހުގެ ހެނދުނަށް ޝަރީއަތް ތާވަލު ކުރިއިރު ހޮނިހިރު ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަން އެނގޭނެ ކަމަށެވެ. އެހެން ނަމަވެސް ރޭގެ ލަސްވަގުތެއްގައި ޕްރޮސެކިއުޓާރ ޖެނެރަލްއިން އިތުރު ލިޔެކިތުންތަކެއް ވެސް ކޯޓަށް ވެއްދިކަމަށް އާސިފް ވިދާޅުވިއެވެ. މިއީ އާއްމު އުސޫލުން ކަންތައް ހިނގަން ޖެހޭނެ ގޮތެއް ނޫންކަން ފާހަގަކޮށް އާސިފް ވިދާޅުވީ، މިއަދުގެ ހެނދުނު ޝަރީއަތް ފެށުމުގެ ކުރިން ވެސް ޕީޖީއިން ކޯޓަށް ބައެއް ލިޔެކިޔުން ހުށަހެޅި ކަމަށެވެ.

“މައްސަލައިގެ ދައުވާ ފޯމާއި އެކު ވަންނަން ޖެހޭ އެއްޗެއް މިއީ…… އެހެން ނަމަވެސް ބަންދު ދުވަސްތަކުގައި އާއި ރޭގަނޑު ދަންވަރުގައި އާ އެއްކޮށް މި ވެއްދީ. ދެން މި އެއްޗެއްހި ކޯޓަށް ވެސް ލިބިފައި ހުރިކަން ކަށަވަރު ނުވާ ހާލަތުގައި އެ އެޗެހިތައް ރައީސް ޔާމީނަށް އެހެން ނޫނީ އެމަނިކުފާނުގެ ވަކީލުންނަށް ލިބިގެން މަޝްވަރާ ކުރެވޭނެ ގޮތެއް ނޯންނާނެ” އާސިފް

މައްސަލަ ކުރިޔަށް ދަނީ، ޕްރޮސެކިއުޝަން އާއި ހިލާފަށްކަން ޕީޖީއިން ވެސް އަޑުއެހުމުގައި ފާހަގަކުރި ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވާގޮތުން މައްސަލަ ފެށުމުގެ ކުރިން ލިޔެކިއުންތައް ފޯރުކޮށްދޭން ޖެހޭނެކަމަށް އާސިފް ވިދާޅުވިއެވެ. ވަކީލުންގެ ބައްދަލުވުންތައް ދީފައިވަނީ ތަކުރާރުކޮށް ވަކީލުންނާއި، ރައީސް ޔާމީން ވެސް އެކަން ފާހަގަކުރައްވަން ފެއްޓެވުމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ އިބްތިދާޢީ އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ ދައުވާ އާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް މިހާތަނަށް އައި އިރު އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ފަހުން އުފުލުނު ދައުވާތަކާއި ގުޅޭގޮތުން ވަކީލުންނާއި މަޝްވަރާ ކުރުމެއްނެތި އެއްޗެއް ވިދާޅުވާން ދަތިފުޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ލިޔެކިޔުންތައް ވަކީލުންނާއި ހަވާލު ކުރެވިފައިވިޔަސް އެމަނިކުފާނާއި ވަކީލުން ބައްދަލު ނުވާތާ ދޮޅުމަސް ވެފައިވާ ކަމަށެވެ. އެހެންވެ އެއްވެސް ލިޔެ ކިޔުމެއް ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ ޖޫން މަހުގެ 28 އިން އޮގަސްޓް 15 ވަނަ ދުވަހާއި ދެމެދު ރައީސް ޔާމީންގެ ވަކީލުން، އެމަނިކުފާނާއި ބައްދަލު ކުރައްވަން އެދިވަޑައިގެންފައި ވަނީ އެންމެ ފަހަރަކު ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: