ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ޕީޖީގެ ވަކީލުން ނުނިދާ ހޭލާ ތިބެގެން ރައީސް ޔާމީންގެ މައްޗަށް އުފަން ކުރި ދައުވާއެއް: ވަކީލުން

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި، ރިޝަވަތުގެ ދައުވާ އުފުލާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ނުނިދާ ތިބެގެން ތައްޔާރު ކުރި މައްސަލައަކުން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ކްރިމިނަކް ކޯޓުގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ، މަނީ ލޯންޑްރިން އާއި ރިޝަވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބޭއްވިއިރު، ވަކީލުންގެ ބައްދަލުވުންތައް ހަމަޖެހިފައިނުވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ގާނޫނީ ޓީމުން ވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ.

އާސިފް ވިދާޅުވީ މަނީ ލޯންޑްރިން މައްސަލައިގެ ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުމުގައި ވެސް ރައީސް ޔާމީނަށް ވަކީލުންގެ ބައްދަލުވުންތައް ހަމަޖެއްސުމަށް ދައުލަތަށް އެނގި ކަމަށެވެ. އެހެން ނަމަވެސް އެ އުސޫލަށް ވެސް އަމަލުކޮށް، ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ފުރުސަތެއް ދީފައި ނުވާކަމަށް އާސިފް ވިދާޅުވިއެވެ. ރައީސް ޔަމީންގެ ވަކީލް އާދަމް އާސިފް ވިދާޅުވީ މިއީ ޕީޖީގެ ވަކީލުން ނުނިދާ ހޭލާ ތިބެގެން އުފަންކޮށްފައިވާ ދައުވާއެއް ކަމަށެވެ. އަދި މި މައްސަލަ ކޯޓަށް ވައްދާފައިވަނީ މީޑިއާތަކުގައި ދެކެވޭ އެހެން ވާހަކަތަކުގެ އަޑުތައް ކަނޑުވާލާ ފޯކަސް ގެއްލުވާލުމަށް ކަމަށް އާސިފް ތުހުމަތު ކުރެއްވިއެވެ.

ދިވެހި ރާއްޖޭގެ ގާނޫނުގައި ވެސް ވަކި ފަރާތަކަށް ނުޖެހޭ މުސްތަގިއްލު ޕްރޮސެކިއުޓާ ޖެނެރަލްއެއް ހުންނަން ޥާނެކަމަށް ބަޔާން ކުރާ ކަމަށާއި، އަދި ދައުވާތައް ކުރަން ޖެހޭނީ ވަކި މީހެއްގެ ބިރަށް ނޫންކަމަށް ވެސް ބުނެފައިވާކަން އާސިފް ފާހަގަކުރެއްވިއެވެ. އާސިފް ވިދާޅުވީ ގާނޫނު އަސާސީ ދެމެހެއްޓުން އެއީ ޕީޖީގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މައްސަލައެއް ކޯޓުގައި ކުރިޔަށް ދާއިރު އެ މީހަކަށް ލިބިގެންވާ ހައްގުތަށް ފުރިހަމައަށް ލިބިފައިވޭތޯ ކޯޓުން ޔަގީން ކުރަން ޖެހޭނެ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އިހުލާސްތެރި ވާން ޖެހޭނީ، ގައުމަށް ކަމަށާއި އެއްގޮތަކަށް ވެސް އޭރު އެއްއޮތް ސަރުކާރެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީއެއް އޮތް ބަޔަކަށް ނޫން ކަމަށް އާސިފް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި ރައްޔިތެއް ކަމަށާއި، އެއީ މިގައުމުގައި އޮތް ހަމައެކަނި އިދިކޮޅު ޕާޓީގެ ލީޑަރު ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީނަށް ވީތީ ވަކި ކުލައެއް އިސްކޮށްގެން ނުވާނެކަމަށް އާސިފް ވިދާޅުވިއެވެ.

މީގެ އިތުރުން އެޓާނީ ޖެނެރަލްއަށް ވެސް ފާޑުކިޔުންތައް އަމާޒުކޮށް އާސިފް ވިދާޅުވީ ޕީޖީ އާއި އޭޖީ ސިފަ ވަނީ ވަރަށް ބޮޑު ނުފޫޒެއްގެ ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ގޮތުގައި ކަމަށެވެ. އަދި އެ ބޭފުޅުންނަކީ އެއީ ދައުލަތަށް ރައްޔިތުންގެ މުދާތައް ނަންގަވަން އުޅުއްވާ ބައެއްކަމުގައި އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ މިއީ އުފެދުމުގައި ވެސް ބާތިލް ދައުވާއެއް ކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުސެއިން ޝަމީމް ހުންނަވެގެން އުފުލާ އެމްއެމްޕީއާރުސީގެ އެއްވެސް މައްސަލައެއް ސައްހައެއް ވެސް ނުވާނެ ކަމަށެވެ. އަދި މައްސަލައިގެ ދައުވާތައް ވެސް އަންނަނީ އަންފެއާ ޓްރިއަލްއެއްގެ ދަށުން، ސިލެކްޓިވްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: