ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަ ހޫނުވެ ރައީސް ނަޝީދު މިހާރު ބޭނުންފުޅު ވަނީ ރޮޒެއިނާ ޕާޓީން ވަކި ކުރަން!

ރައީސް މުހައްމަދު ނަޝީދާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް---- ރޮޒެއިނާ ޕާޓީން ވަކި ކުރަން ހުށަހެޅުއްވީ ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހަކަށް އައިސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ފާޑުކިޔަމުން އަންނަ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ޕާޓީން ވަކި ކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވައިފިއެވެ.

ރޮޒެއިނާ އެމްޑީޕީން ވަކި ކުރުމަށް ހުށަހެޅުއްވީ ރައީސް ނަޝީދެވެ. އަދި ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ރޮޒެއިނާ އެމްޑީޕީން ވަކި ކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.

“ސަންގު” އަށް ވަނީ، ރައީސް ނަޝީދު އެ މެސެޖު ވަޓްސްއަޕް ގްރޫޕަށް ފޮނުވާފައިވާކަން ޔަގީން ކުރެވިފައެވެ. އަދި ރޮޒެއިނާގެ ބަހެއް ވެސް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ފަހަކަށް އައިސް ރޮޒެއިނާ ވަނީ ސޯޝަލް މީޑިއާގައި އެމްޑީޕީގެ ބައެއް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަމަށް ބުނެ ޓްވީޓުތަކެއްކޮށްފައެވެ. މީގެ ކުރިން ވެސް އެމްޑީޕީގެ ތެރޭގައި އުފެދިގެން އަންނަ ބައެއް މައްސަލަތަކުގައި، ރޮޒެއިނާ އެކަމަށް ފާޑުކިޔާފައިވެއެވެ. އަދި ފާޅުގައި ރައީސް ނަޝީދަށް ވެސް ރޮޒެއިނާ ފާޑުކިޔުންތައް އަމާޒު ކުރެއެވެ.

އިކޮނޮމިކް މިނިސްޓްރުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފެށުމާއި އެކު އެމްޑީޕީގެ މެމްބަރުން ފައްޔާޒްއަށް އިތުބާރު އޮތްކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް ރޮޒެއިނާ ވަނީ ގިނަ ޓްވީޓުތަކެއްކޮށް، ގައުމެއްގެ ވެރިކަން ދެ މީހަކަށް ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

އެގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެރިކަން ހަވާލުކޮށް، ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ދީފައިވަނީ ސަރުކާރަށް ޖެއްސުން ކުރުމަށް ނޫން ކަމަށް ވެސް ރޮޒެއިނާ ވިދާޅުވެފައިވެއެވެ.

މި މައްސަލަތަކުގެ ތެރެއިން، މިއީ ޑިއާރުޕީ ފެކްޝަނެއްގެ މައްސަލަތަކެއްކަމަށް ބުނެ ރޮޒެއިނާއަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އެހެން ނަމަވެސް އެއަށް ރައްދު ދީ ރޮޒެއިނާ ވިދާޅުވެފައިވަނީ ފާއިތުވީ 07 އަހަރުގެ ތެރޭގައި ވެސް މަސައްކަތް ކުރީ އެމްޑީޕީ ކުރިއެރުވުމަށް ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ އެގޮތުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: