ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ކަމުން އަމީންއާއި އަމީރު ވަކި ކުރަން ޖެހޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އާއި ގުޅިގެން ހެލްތް މިނިސްޓްރީއާއި ޓޫރީޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅޭ ގޮތުން އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުތަކުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރެކިވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވިޔަސް އެކަން ނުކުރެވޭނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކޮރޮޕްޝަނާއި ދެކޮޅަށް މަދުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ހެލްތް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަޒީރު ކަމުން ވަކި ކުރަން ޖެހޭ ކަމަށެވެ.

ކޮވިޑާއި ގުޅިގެން މިހާތަނަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއިރު ރަްޔިތުންނަށް އަޅާނެ މާސްކެއް ވެސް ނުލިބޭ ކަމަށާއި މިކަންކަމުގެ ޒިންމާ މިނިސްޓަރ އަމީންއާއި މިނިސްޓަރ އަމީރު ނަންގަވަން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ ސަރުކާރުން އެމްޑީޕީއަސް އެއްބާރުލުން ނުދޭ ކަމަށް އެމްޑީޕީން ބުނުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ހާއްސަކޮށް މިއަދު ރާއްޖޭގައި ގާއިމް ކުރެވިފައިވާވާ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށްވާއިރު ސަރުކާރުން އެމްޑީޕީއަސް އެއްބާރުލުން ނުދޭ ކަމަށް ބުނުމަކީ ވަަރަށް ބޮޑު މައްސަލައެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވީ ސަރުކާރުން އެމްޑީޕީއަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ދެއްކަވާފައިވާ ވާހަކަފުޅާއި ގުޅިގެންނެވެ. އެގޮތުން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ކަންކަން ނިންމުމުގައި އެމްޑީޕީއާއި މަޝްވަރާ ނުކުރާ ކަމަށާއި ސަރުކާރާއި އެމްޑީޕީއާއި ދެމެދުވާ ގުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: