ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރިއުޅެން ފިޔަވާ އެހެން ބޭނުން ތަކަށް ބިން ދޫކުރުމުގައި ހުރި ބާރުތަކެއް މިނިސްޓްރީން ދޫކޮށްލައިފި

މާލޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވާ އެހެން ބޭނުންތަކަށް ބިން ދޫކުރުމުގައި ބިމާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށް ލިބޭ ބާރުތަކެއް ދޫކޮށްލައި، ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ދޫކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށްފިއެވެ.

ބިންތަކާ ބެހޭ ކަންކަން ބެލެހެއްޓުމަށްޓަކައި މިހާރު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ އަކީ ޕްލޭނިންގ މިނިސްޓްރީއެވެ. ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ދޫކުރުމާ ބެހޭ ގަވައިދުގައި، ބިން ދޫކުރާނެ މުއްދަތު އަދި ބިމުގެ ބޮޑުމިންވެސް ކަނޑައަޅާނީ މިނިސްޓްރީގެ ހުއްދައާ އެކު، އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުން ބިމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ކަނޑައަޅާފައިވާ އިދާރާއިންކަމަށް ބުނެފައިވެއެެވެ. މީގެ އިތުރުން 10 އަހަރަށްވުރެ ގިނަ މުއްދަތަކަށް ބިން ދޫކުރެވޭނީ ބިމުގެ ކަންކަން ބަލަހައްޓާ މިނިސްޓްރީ އަށް ކަމަށް ވެސް މި ގަވައިދުގައި ފާހަގަކޮށްފައިވެއެވެ. ހަމައެއާ އެކު ސަރުކާރުގެ އިދާރާއެއް ނުވަތަ އަމިއްލަ ފަރާތެއްގެ ބޭނުމަކަށް ވެސް 10،000 އަކަ ފޫޓަށްވުރެ ބޮޑު ބިމެއް ދޫކުރެވޭނީ މިނިސްޓްރީއަށް ކަމަށް ގަވައިދުގައިވެއެވެ.

10،000 އަކަފޫޓަށް ވުރެ ބޮޑު ބިންތައް ދޫކުރުމާއި އަދި 10 އަހަރަށްވުރެ ދިގު މުއްދަތަށް ބިން ދޫކުރުމުގައި، ބިންތަކާ ބެހޭ ކަންކަން ބަލަހައްޓާ މިނިސްޓްރީއިން އަދާކުރާ ދައުރު ބަޔާންކުރާ އަކުރުތައް ވަނީ މިދިޔަ ހަފްތާގައި ގަވައިދަށް ގެނައި އިސްލާހުގެ ދަށުން އުނިކޮށްފައެވެ. އެހެންކަމުން މި ގަވައިދުގެ ދަށުން ބިންތަކާބެހޭ ކަންކަން ބަލަހައްޓާ މިނިސްޓްރީގެ ހުއްދައާއެކު ބިން ދޫކުރުމުގެ އެންމެހާ ކަންކަން ނިންމާ ހަދާނީ އެބިން ހިމެނޭ އިހްތިސާސް ބަލަހައްޓާ ކައުންސިލުންނެވެ.

މި ގަވައިދުގައި ބީލަމަށް ހުޅުވާ ނުލައި ބިން ދޫކުރެވޭނެ ބޭނުންތަކެއް ބަޔާންކޮށްފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރޭގައި ބީލަމަކާއި ނުލާ ދަނޑުވެރިކަމަށް ބިން ދޫކުރާ މުއްދަތު ވަނީ ތިން އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށް އިސްލާހު ކުރެވިފައެވެ. މީގެ ކުރިން ބީލަމަކާއި ނުލާ ދަނޑުވެރިކަމަށް ބިން ދޫކުރެވޭނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: