ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލަމާފުއްޓާއި ހޯޑެއްދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ހޯޑެެއްދޫ އަދި ގއ ކޮލަމާފުށީ ބަނދަރުގެ މަސައްކަތް ހެވީފޯސް އާއި ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެ މަސައްކަތް ކުރުމަށް ސޮއިކޮށްފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރުއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގުއެވެ.

ހަތްސަތޭކަ ތިރީސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަށް ހަވާލުކުރި އެ މަޝްރޫއުގެ ޖުމްލަ އަގަކީ 119.6 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު އަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރަނީ 28 ޕަސެންޓެވެ. ބާކީ 77 ޕަސެންޓު ހޭދަ ކުރަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވިލޮޕްމެންޓް (‏އޮފިޑް) އިންނެވެ.

ކޮލަމާފުށި ބަނދަރުގެ މަސައްކަތުގެ ތެރެއިން ބޭރުތޮށީގައި 548 މީޓަރުގެ ބޮޑުހިލަ ޖެހުމާއި 550 މީޓަރުގެ އެއްގަު ތޮށި ‏ލުމާއި ހަތަރު ނެރުބައްތި ހަރުކުރުން އަދި 28 ބަނދަރު ބައްތި ހަރުކުރުމާއި 2،750 ސްކެއާމީޓަރުގެ ޕޭމެންޓް އެޅުމުގެ އިތުރުން 12 މޫރިންގް ބްލޮސް ލުން ހިމެނޭ ކަމަށެވެ.

މީގެއިތުރުން ފަސްދޮޅަސް ހަހާސް ތިންސަތޭކަ ތިރީސް ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 5،750 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން 404 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހޯޑެއްދޫ ބަނދަރުގައި 1،485 މީޓަރުގެ ބޮޑުހިލަ ބޭރު ތޮށިލުމާއި 310 މީޓަރުގެ އެއްގަމު ތޮށި ލުމާއި ހަތަރު ނެރުބައްތި އަދި 50 ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން 1،550 މީޓަރުގެ ސްކެއާމީޓަރު ގެ ޕޭމެންޓް އެޅުމުގެ އިތުރުން އަށް މޫރިންގް ބްލޮސް ލުން ހިމެނޭ ކަމަށެވެ. މީގެއިތުރުން 71،590 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 2،250 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން 652 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: