ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެއްހާސް، އެއްހާސް” ޕްރޮމޯޝަންގެ ފުރަތަމަ 02 ހަފުތާގެ ނަސީބުވެރިން ހޮވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑަބްލިއުއެސްސީން ފަށާފައިވާ “އެއްހާސް، އެއްހާސް” ޕްރޮމޯޝަންގެ ފުރަތަމަ 02 ހަފްތާގެ ނަސީބުވެރިން ހޮވައިފިއެވެ.

މާލެ ސަރަހައްދުގެ އިތުރުން ހދ.ކުޅުދުށްފުށްޓާއި ކ.މާފުށްޓާއި ރ. ދުވާފަރާއި އަމާޒުކޮށްގެން ކުރިއަށްގެންދާ “އެއްހާސް، އެއްހާސް” ޕްރޮމޯޝަން ފަށާފައިވަނީ އޯގަސްޓުމަހުގެ 01 ވަނަ ދުވަހުގައެވެ. އަދި މި ޕްރޮމޯޝަން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

“އެއްހާސް، އެއްހާސް” ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު 10 ނަސީބުވެރިން ހޮވާނެކަމަށް އެމްޑަބުލިޔުއެސްސީން ބުނެފައިވެއެވެ. މި ގޮތުން ކޮންމެ ނަސީބުވެރިއަކަށް އިނާމުގެ ގޮތުގައި އެމްޑަބްލިޔުއެސްސީން ވަނީ 1000 ރުފިޔާގެ ގެ ގިފްޓް ކާޑެއް ދިނުމަށް ނިންމާފައެވެ.

އެމްޑަބްލިއުއެސްސީން ހާމަކުރިގޮތުގައި މި ޕްރޮމޯޝަނުގެ ފުރަތަމަ 02 ހަފްތާގައި 20 ނަސީބުވެރިން ހޮވުމަށްފަހު އެ ފަރާތްތަކަށް މިހާރު ވަނީ ކަނޑައެޅިފައިވަ އިނާމު ހަވާލުކޮށްފައެވެ.

އެމްޑަބްލިޔުއެސްސީން ހާމަކުރާގޮތުގައި “އެއްހާސް، އެއްހާސް” ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ހުރިހާ ފެން ބިލަކަށްވާ ފައިސާދައްކައި ހަލާސްކުރާ ފަރާތްތަކަށެވެ. އަދި އޭގެ އިތުރުން އެކި މަސްތަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: