ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލަށް ދިޔުން ހުއްޓާލައި، ކުށުގެ މާހައުލަށް ނުކުންނަ މައްސަލަ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައެޅެނީ ސްކޫލަށް ދިޔުން ހުއްޓާލާފައިވާ ކުދިންގެ މައްސަލަތައްް ކަމަށް އެޔުނިޓުން ހާމަކޮށްފިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނޓުން އާންމުކޮށްފައިވާ2019 ވަނަ އަހަރުގެ ގާނޫނާއި ޚިލާފްވާ ކުދިންނާއިބެހޭ ރިޕޯޓުގައިވާ ގޮތުން2019 ވަނަ އަހަރު ހުށައެޅިފައިވަނީ ޖުމްލަ312 މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ. މިއީ2018 ވަނަ އަހަރާއި އަޅާ ބަލާއިރު11.9 އިންސައްތަ ދަށް އަދަދެއްކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހާމަކުރެއެވެ.

އެޔުނިޓުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން2018 ވަނަ އަހަރާއި އަޅާ ބަލާއިރު2019 ވަނަ އަހަރު އަލަށް ކުށްކޮށްގެން ހުށައެޅުނު ކުދިންގެ އަދަދު ވަނީ ދަށްވެފައެވެ. އެހެންނަމަވެސް، ކުށް ތަކުރާރު ކޮށްގެން ހުށައެޅޭ ކުދިންގެ އަދަދު2018 ވަނަ އަހަރާއި އަޅާ ބަލާއިރު ގިނަކަން ރިޕޯޓުގައި ފާހަގަކޮށްްފައިވެއެވެ.

2019 ވަނަ އަހަރު ކުށް ތަކުރާރުކުރުމުގެ147 ކުއްޖެއްގެ މައްސަލަ ހުށައެޅިފައިވާކަމަށް ބުނެފައިވެއެވެ. އަދި165 ކުއްޖެެއްގެ މައްސަލަ އަލަށް ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅިފައިވާކަމަށް ވަނީ ބުނެފައެވެ.

ކުށްކުރުމުގެ ސަބަބުން ހުށައެޅޭ މައްސަލަތަކުގައި ހިމެނޭ ކުދިންގެ ތެރެއިން44 އިންސައްތަ ކުދިންނަކީ ސްކޫލަށް ދިޔުން ހުއްޓާލާފައިވާކަން ރިޕޯޓުގައި ފާހަގަކުރެއެވެ. އަދި މައްސަލަތަކުގައި ހިމެނޭ ކުދިންގެ ތެރެއިން17 އިންސައްތަ ކުދިންނަކީ ސްކޫލްގައި އުޅޭ ކުދިންކަމަށާއި33 އިންސައްތަ ކުދިންނަކީ ހަމައެކަނި ސާނަވީ ފުރަތަމަ މަރުހަލާ ނިންމާފައިވާ ކުދިން ކަމުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެކި ސަބަބުތަކާއި ހުރެ ސްކޫލަށް ނުދާ133 ކުދިންގެ މައްސަލަތައް ފާހަގަވެފައިވާ ކަމަށާއި މީގެ ތެރޭގައި ޕްރައިމަރީ ގްރޭޑްތަކާއި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ގްރޭޑް4،5،6 އަދި7ގެ ދަރިވަރުންނާއި9 އަދި10ގެ ދަރިވަރުން ފާހަގަކުރެވޭކަމަށް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ކުދިން ސްކޫލަށް ދިޔުން ހުއްޓާލުމުެގ ސަބަބެއްގެ ގޮތުގައި ދަރިވަރުންނާއި އާއިލާއިން ފާހަގަކުރާ ބައެއް ސަބަބުތައް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން

  • ކުށުގެ ވެށީގައިއުލޭ ރައްޓެހިންނާއެކު އުޅުން،
  • އުމުރުން ދޮށީ މީހުންނާއެކު ބޭރުގައި ވަގުތު ހޭދަކުރަން ދިޔުން
  • ސްކޫލްގައި ތަފާތުކުރުން ގެންގުޅޭތީ ކިޔަވަން ދާހިތް ނުވުން
  • އަހުލާގީ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރަން ބޭނުންނުވުން
  • ގެވެށި އނިޔާގެ މައްސަލަތައް
  • އިހުމާލުވުން
  • ޓީޗަރުންނާއި މައްސަލަ ޖެހުން

އަދި ހަނގާކުރުން ރިޕޯޓުގައި ވަނީި ސަބަބުތަކެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

2019 ވަނަ އަހަރު އެންމެ ގިނައިން ހުށައެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ރިޕޯޓުން ދައްކައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، މަސްތުވާތަކެތި އެތެރެކުރުމާއި، ވިއްކުމާއި، ބަނގުރާ ބޭނުންކޮށް ގްނގުޅުމުގެ119 މައްސަލައެއް ހުށައެޅިފައިވާކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ބޮޑެތި މީހުންނާއި ގްރޫޕްތަލާއި ގުޅިގެން ހިންގާ ކުށްތައް އިތުރުވެފައިވާކަމަށާއި މައްސަލަ ހައްލުކުރުމުގެ މީހުންގެ ފުރާނައަށް ނުރައްކާވާފަދަ އަމަލުތައް ހިންގުން ސަގާފަތަކަށް ވަމުންއަންނަކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: