ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ޚަބަރު އެ ކޯލިޝަނުން އެހީ ނުހަނު ކަންބިޑުވުމާއި އަސަރާއެކު ކަމަށެވެ. އަދި މި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ކޯލިޝަންގެ ހަމްދަރުދީ ފާޅުކޮށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ މި ހާދިސާ ހިނގަން ދިމާވި ސަބަބު ހޯދައި، އެކަން ދިވެހި ރައްޔިތުންނަށް ހާމަކުރުމަށްވެސް ގޮވާލާފައެވެ.
ޕީޕީއެމް-ޕީއެންސީން ވަނީ ރޭގެ ހާދިސާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެފަރާތްތަކުގެ ބޯހިޔާވަހިކަމަށް ސްކޫލްތައް ހަމަޖެއްސުމުގެ ބަދަލުގައި ގެސްޓް ހައުސްތަކުން އެ ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދެއްވުމަށް ވެސް ގޮވާލާފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ރޭގެ ހާދިސާ ހިނގި ސަރަޙައްދަށް ވަޑައިގެން ދެއްވި އިންޓަވިއުގައި ޙާދިސާއަށް ފޯކަސްކުރެއްވުމުގެ ބަދަލުގައި، ވާދަވެރި ކޯލިޝަނުން ހިންގާ ސިޔާސީ ހަރަކާތްތަކުގެ ވާހަކަ ދައްކަވާފައިވާތީ އެކަން ކުރެއްވެރިކުރާ ކަމަށެވެ.

