ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ދެ މީހަކަށް ދައުވާކޮށްފި

ޖިންސީ ގޯނާއާއި، ރޭޕްގެ ތުހުމަތުވާ މީހުން ހައްޔަރު ކުރުމަށް ގޮވާލާ މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ދެމީހަކަށް ދައުވާކޮށް މައްސަލަ ސ. ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލާގައި ހިމެނޭ ދެ މީހުންނަކ ީކ. މާލެ، ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީ އާއި ސ. ހިތަދޫ، ޒަހާމަންޒިލް، ޢަލީ ޝިމާޢު ޒުބައިރު އެވެ.

މި ދެ މީހުންނަކީ ޖުލައި 31 ވަނަ ދުވަބުގެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫސިޓީ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަޙްލާޤީ ޢަމަލު ހިންގި ދެ މީހެކެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި އެ ދެ މީހުންނަށްވެސް ޖިންސީ ކުށުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ނުކުޅުދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ކުރިއެވެ.

އެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލަށް ލުމެވެ.

ޝިމާއުއަށް ދެން އުފުލީ ގާނޫނުލްއުގޫބާތުގެ 616 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދެއަކާ ހަވާލާދީ، އެމާއްދާގެ (ށ) ދަށުން ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ބަނގުރާ ބުއިމުގެ ކުށުގެ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމާއެކު 40 އެތިފަހަރުން ޖަލްދުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: