ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ލިބުމުން ހުރިހާ ކަމެއް ތޮޅިއަށް: މިއަދުގެ ޒުވާނުން މި ވެރިން ދެކެ ފޫހިވެއްޖެ!

ފޮޓޯ: ސަން އޮންލައިން / އަހްމަދު އަވްޝަން އިލްޔާސް --- ފަހަކަށް އައިސް ރައީސް ސޯލިހްއާއި، ރައީސް ނަޝީދުގެ ގުޅުން ގޯސްވެފައިވާ އަޑުތައް ވަނީ ގަދަވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމެއް ގެނެސް، އަނިޔާވެރި ވެރިކަމެއް ނިމުމަކަށް ގެނައުމަށް ބަޔަކު ކުރި މަސައްކަތްތަކުގެ ވާހަކަ އެންމެ ޅަ އިރުން ފެށިގެން އަޑުއިވެއެވެ. 30 އަހަރުގެ ވެރިކަމެއްގެ ތެރޭގައި ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަތް ވާހަކަ އާއި، އެ ނޫން އެހެން ދައުރެއް ބޭނުންވާކަމަށް ބުނެ ވާހަކަ ދައްކަން ކެރުނު މީހާއަށް ވެސް ހުރަގެ ދެއްކި ވާހަކަތައް އަޑުއެހީމެވެ. އޭރު އެ ވާހަކަތައް ވީ ޝައުގުވެރިވި ވާހަކަތަކަށެވެ.

ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވި ދުވަސްވަރު ނުވަތަ ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ފެށި ދުވަސް ވަރު އަޅުގަނޑަކީ ކުޑަކުއްޖެކެވެ. ވާނުވާގެ ތެރެއިން، އެދުވަހު ވެސް އަޑުއިވެމުންދިޔަ ވާހަކައަކީ ވެރިން ދިވެހި ރައްޔިތުންނަށް ދެމުންދާ އަނިޔާގެ ވާހަކައެވެ. އޭގެ ފަހަތުން އަޑުއިވުނީ އެވަރުގެ ވެރިޔަކުވެސް ނުދެކޭ ވާހަކައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި މުޙައްމަދު ނަޝީދަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ވޯޓުން ހޮވި ރައީސެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު މަލްޓި ޕާޓީ އިންތިހާބުގައި ނަޝީދުގެ ކުރިން ރައީސްކަން ކުރެއްވި މައުމޫން ޢަބްދުލްޤައްޔޫމް ބަލިކުރައްވި ބޭފުޅާއެވެ.

ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ހިނގާތާ 50 އެތައް އަހަރު ފުރި ގޮއްސިއެވެ. ސިޔާސަތުތަކާއި އަދި ކަންކަން ބައްޓަން ކުރުމުގެ ޝަކުވާތަކުގެ ބަހަނާއަކަށް ގެންނަނީ މި ޖުމްހޫރީ ވެރިކަމުގައި ހުރި މައްސަލަތަކުގެ ވާހަކައެވެ.

މިހާރު މި އޮތް ވެރިކަމަށް ދޮޅު އަހަރު ވެއްޖެއެވެ. ރައިސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގައި ހުވާ ކުރެއްވީ ވާދަވެރި ރިޔާސީ ކެމްޕެއިނަކާއި އެކު ރައްޔިތުންނަށް ފޮނި ހުފަފެންތަކެއް ދައްކައިގެނެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަކީ ސިޔާސީ ގޮތުން ވަރަށް ގިނަ ތުހުމަތުތަކެއް ކުރެވުނު ބޭފުޅެކެވެ. ވެރިކަމުގައި އެންމެ ފުރަތަމަ ވެސް ޖެހުނީ ރާއްޖޭގެ ތާރީހުގެ ވެސް ހިނގައިިދިޔަ ހިޔާނާތުގެ ބޮޑު ލަތްގަނޑެކެވެ.

ވެރިކަން ބަދަލު ކުރީ ބަޔަކު ކުރީގެ ސަރުކާރޭ ކިޔާ ބަހަނާ ދެއްކުމުގެ އަޑު އަހާކަށް ނޫނެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރުކޮށް ރައްޔިތުން ގާތު އެތައް ވައުދެއް ވިއެވެ. އަހަރެއް ހާ ދުވަހުގެ ތެރޭގައި ކުރެވުނު ދަތުރުތަކާއި، މީގެ ކުރިން ދުވަހަކު ވެސް ރިޔާސީ ކެނޑިޑޭޓެއް ނުވަތަ ރައީސެއް ވަޑައިނުގަންނަވާ ރަށްތަކަށް ވެސް ދަތުރުކޮށް ހުވަފެންތަކެއް ދެއްކިއެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ އިވެންޓުތަކާއި، ދަތުރުތައް ވަރަށް ގާތުން ކަވަރު ކުރުމުގެ ފުރުސަތު ލިބުނެވެ. އެ ރަށްތަކުގެ ރައްޔިތުންގެ މޫނުމަތީން އުންމީދުތަކެއް ވެސް ފެނުނެވެ.

އިދިކޮޅުގައި އޮވެ، މެނިފެސްޓޯއެއް ތައްޔާރުކޮށް އެމްޑީޕީން ބުނަމުންދިޔައީ ޒުވާނުންނަށް “ހައްގުވާ މިންވަރު” ހޯދައިދޭނެ ވާހަކައެވެ. ރައްޔިތުންނަށް “ހައްގު” ހޯދައިދޭނެ ވާހަކައެވެ. ޒުވާނުންނަށް ތައުލީމުގެ ފުރުސަތު ދީ، އަނގައާއި އަތާ ދިމާނުވެގެން އުޅޭ އުޅުމަށް ނިމުމެއް ގެންނާނެ ވާހަކައެވެ. އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި ތިމާ ނިދާލާކަމަށްޓަކައި ދައްކަންޖެހޭ 9،000 ރުފިޔާއަށް ނިމުމެއް ގެންނާނެ ވާހަކައެވެ. މިނިމަމް ވޭޖެއް ތައާރަފްކޮށް ވަޒީފާގެ މާހައުލުގައި މަސައްކަތްކޮށްގެން އެ ލިބޭ ފައިސާއަކީ ބަނޑުފުރާނަ މުއްތިކުުރުމަށްޓަކާ އެންމެ އެކަށީގެންވާ އަދަދުގެ ގޮތުގައި ހަދާނެ ކަމަށް ވައުދުވިއެވެ. މިއީ ވަރަށް ބޮޑު ހުވަފެންތަކެކެވެ.

ވެރިކަމަށް ދެ އަހަރު ފުރެން ދެން މާ ގިނަ ދުވަހެއް ނެތެވެ. ހިންގުނު ބިޔަ ޕްރޮޖެކްޓެއް ކުރެވުނު މާ ބޮޑު މަސައްކަތެއް މިހާތަނަކަށް ފެންނާކަށް ނެތެވެ. ހަގީގަތަކީ ވެސް އެއީއެވެ. ވެރިކަމެއް ބަދަލު ކުރުމުގެ އެއްވެސް މަގުސަދެއް މިއަދަކު ފެންނާކަށް ނެތެވެ. ހަތެއް ފެބްރުއަރީކަސް، 2013 އަކަސް އަދި 2018 އަކަސް ފެންނަނީ އެއް މަންޒަރެކެވެ. ދައްކަނީ އެއްވާހަކައެކެވެ. އެއީ ބަހަނާތަކެކެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ރާއްޖޭގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން —-

ދިވެހި ރައްޔިތުން ވައްކަމާއި، ކޮރަޕްޝަންގެ ވާހަކަތައް ދެއްކުމުން މި ސަރުކާރުގެ އިސްވެރިންނާއި، މަޖިލީހުގެ މެމްބަރުން ދައްކަވަނީ ކުރީ ސަރުކާރުގެ ވާހަކައެކެވެ. ސަރުކާރުން ކުރާ ބޭކަރު ހަރަދުތަކުގެ ވާހަކަތައް ދެއްކެވުމުން، ދައްކަނީ މިދިޔަ ސަރުކާރުން ކުރި ކޮންމެވެސް ހަރަދެއްގެ ވާހަކައެކެވެ.

ބައެއް މިނިސްޓަރުގެ ބޮލުގައި އެޅުވޭ ތުހުމަތުގެ ވާހަކަތައް ދެއްކެވުމުން ބުނަނީ، އެއީ އެހެން ޕާޓީއެއްގެ މެމްބަރެއް ކަމެވެ. މިއީ އިހުލާސްތެރިކަމުގެ ކަންފުޅެއް ވެސް ނެތް ކަމުގެ ހެއްކެއް ނޫން ތޯ އެވެ. ރާއްޖެ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮތް އިރު ރައްޔިތުންނަށްޓަކާ ކުރި ކަމެއް ވަކި ކޮބައި ތޯ އެވެ. ދިވެހި އެތައް ބައެއްގެ ވަޒީފާތައް ގެއްލި މާލީ ގޮތުން ދަތިވެފައި ތިބި އިރު އެ ފަރާތްތަކަށް އެހީފޯރުކޮށްދޭން ކުރި މަސައްކަތެއް ނެތެވެ.

މިއަދު ދެއްކެވި އެއްވެސް ވާހަކައެއް ދިމައެއް ނުވެއެވެ. ކޮރަޕްޝަނަށް އޮތް ޒީރޯ ޓޮލަރެންސް ވެސް އެތައް ފަހަރެއްގެ މަތީން ފެނިއްޖެއެވެ. އިހުލާސްތެރިކަމެއް ނެތްކަން ވެސް އެނގިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ބަލާއިރު ސާފު ބޮޑު އަޣުލަބިއްޔަތެއް ދީގެން ވީ ވަކި ފައިދާއެއް ނެތެވެ. ބޭނުންހާ ގޮތަކަށް، ބޭނުން ވައްތަރެއް މަޖިލީހުގެ ތެރޭގައި ޖައްސާއިރު ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނުހުރެއެވެ. ތިމާމެން މަޖިލީހުގެ ތަޅުމުގައި އާއި އެހެން ތަންތާގައި އުޅޭ ގޮތް ފެނި ސަހަރޯ ހީވާން ޖެހެނީ ދެން އެ މަނަޒަރު ބަލަން ހުންނަ މީހާ އަށެވެ.

މުޅި ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލާއިރު ފެންނަނަނީ ރައްޔިތުންގެ ކަންބޮޑުވުންތަކެވެ. އެ ކަންބޮޑުވުންތައް ފޮރުވުމަށް ބައެއް މަޖިލީސް މެމްބަރުން ދަނީ ސަރުކާރުގެ ހުރި “ހެޔޮފުޅުކަން” ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ޓްވީޓުތަކެއްކޮށް، ރައީސް ދައްކަވާ ވާހަކަތަކާއި ސަރުކާރުގެ ބައެއް އެހެން އިދާރާތުގެ ބަސްތައް “ކޯޓް” ކުރުމަށްފަހު ޓްވީޓު ކުރެއެވެ. އޭގެ ފަހަތުން ޑިރެކްޓަރުން ދަނީ ޓްވީޓު ކުރަމުންނެވެ.

ހަގީގަތަށް ބުނާނަމަ މިއަދުގެ ޒުވާނުން މި ސިޔާސީ ވެރިން ދެކެ ފޫހި ވެއްޖެއެވެ. މަޖިލީހުގައި މިހާރު ތިބި މެމްބަރުންނެއް ބޭނުމެއް ނޫނެވެ. ތައުލީމީ ގާބިލް ޒުވާނުން ދިވެހި ގައުމު “ޓޭކް އޮވާ” ކުރަން ވީ ވަގުތު ޖެހިއްޖެއެވެ.

ވަރަށް ގަދަ
95%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިއަދު އެއްވެސް މީހަކުން ނުފެނޭ ޒިންމާ އަދާކުރާތަނެއް ، ގިނައިން ސަރުކާރުން ކަންކަމަށް ސަނާކިޔިނީ ، ފެން މިބަލަނިީ އިދިކޮޅުން ކުރަނީ ކީއްތޯ ، ސަރުކާރުން ކުރާ ގޯސްކަންތަކަށް އަޑު އުފުލުމަކީ ވަކިބައެއްގެ ކަމެއްހެން ހީވަނީ ، ސަންގު ޓީވީއަށް އިދިކޮޅު މީހުން އަރުވާގެން ހޯސްޓުމުރާމީިހާއަށް ހީވަނީ އެހެންފަދަ ކަމެއްހެން ނަމާދުކޮށް ސުވާލުކޮށްކޮށްފަ ، ބަލަ ސަރުކާރުޒިންމާ ސާފުކުރުމަކީ ވަކިބަޔަކު ކަމެއްގަ ، އަޑު އުފލާގެންވެސް ކަންކަން ރަނގަޅުވިއްޔާ އެންމެނަށް ފައިދާކުރާނީ ، ޖޫރިމަނާ އާއި ދެކޮޅަށް ބަޔަކު ކުރިމަސައްކަތް ކާމިޔާބު ވެއްޖިއްޔާ ، ތިޔަ ނޫސްވެރިންނަށް ވެސް ފައިދާވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: