ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންސްޕާ އާއި، އާސަންދައިން ވެސް ކޮވިޑުތެރޭ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ގޯސްތަކެއް!

ބޮޑެތި ބަލިތަކަށް ފަރުވާކުރަމުން އަންނަ ގިނަ ދޮވެހިން ވަނީ އާސަންދައިގެ ދަށުން އިންޑިއާއަށް ފުރާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެންސްޕާ އަދި އާސަންދައިގެ އެހީގެ ދަށުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން އެހީތެރިކަން ފޯރުކޮށް ދިން ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގައި މައްސަލަތަކެއް ހުރިކަން، އޮޑިޓާ ޖެނެރަލްގެ ކޮވިޑް19 ކޮމްޕްލަޔަންސް ރިޕޯޓުގައި ބުނެފިއެވެ.

ދައުލަތުގެ މުއައްސަސާތަކުން ކޮވިޑް-19 އާ ގުޅިގެން ކޮންމެ ކުއާޓާއެއްގައި ކުރާ ޚަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އެކި މިނިސްޓްރީތަކުން ކުރި މަސައްކަތްތަކުގެ އޮޑިޓުތައް އާއްމުކޮށްފައިވާއިރު ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ވަނީ ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަންގެ އަމަލުތަކެއް ފެންމަތިވެފައެވެ.

އޮޑިޓާސް ޖެނެރަލް އޮފީހުން ވަނީ އެންސްޕާގެ ހަރަދުތަކާއި ގުޅޭ ކޮމްޕަޔަންސް ރިޕޯޓު ވެސް އާއްމުކޮށްފައެވެ. އެންސްޕާއާއި އާސަންދައިން ހަރަދުތައްކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވައިދު އަދި ފިނޭންސް މިނިސްޓްރީގެ ސާކިއުލާތަކާއި އެއްގޮތަށް ތޯ އޮޑިޓުގައި ވަނީ ބަލާފައެވެ.

ޖެނުއަރީ މަހުން ފެށިގެން، ޖުލައި މަހުގެ 30 ގެ ނިޔަލަށް ދެ އިދާރާއިން ވެސް ކުރި ހަރަދުތަކުގެ ތަފްސީލުތައް އާއްމުކޮށް އޮޑިޓު އޮފީހުން ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ކޮވިޑު ހަރަދާއި ގުޅިގެން ހަރަދުކުރުމަށް 8.3 މިލިއަން ރުފިޔާ ކަނޑައެޅުނު ކަމަށެވެ. އަދި ކޮވިޑުގެ ރެސްޕޮންސް ޓްރަސްޓް ފަންޑުން ހަރަދު ކުރުމަށް ކަނޑައެޅުނީ 75 މިލިއަން ރުފިޔާ ކަމަށެވެ.

އެގޮތުން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން ރާއްޖެ ނާދެވި ތިބި އަމިއްލަ ގޮތުންނާއި، އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސް ތިބި ދިވެހިންނާއި، އެ ފަރާތްތަކުގެ އެހީތެރިންނާއި، އާއިލާއަށް ފައިސާގެ އެހީ ދިނުމަށް 4.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް “އިންކަމް ސަޕޯޓު އެލަވަންސް” ދިނުމަށް 10 މިލިއަން ރުފިޔާ ހަރަދު ކުރިއިރު މުޅި ޖުމްލަ ހަރަދުތައް 14 މިލިއަން ރުފިޔާއަށް އަރައެވެ.

އޮޑިޓު ރިޕޯޓުން ދައްކާގޮތުން ހަރަދު ކުރުމަށް ކަނޑައެޅުނު ފައިސާއިން ބާކީ 68.4 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެންސްޕާ އިން ޚަރަދުކޮށްފައިވާ ދާއިރާތައް. އެންސްޕާ އިން ކޮވިޑް-19 އާ ގުޅިގެން ކޮށްފައިވާ ޚަރަދުތައް އެކުލަވާލެވިގެންވަނީ މައިގަނޑު 2 ބަޔަކަށެވެ އެއީ؛

އަމިއްލަ ގޮތުންނާއި، އެންސްޕާ އަދި އާސަންދައިގެ ދަށުން ބ ސްފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ގޮސް ތިބި ދިވެހިންގެ ތެރެއިން، ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމުން އަނބުރާ ރާއްޖެ ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުން!

ދިވެހިރާއްޖޭ ގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ޚާއްސަ އިނާޔަތެއް ދިނުމުގެ މަޤުސަދުގައި، 13 މެއި 2020 ގައި ގެޒެޓުކޮށްފައިވާ ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް ދިނުމާގުޅޭ އުސޫލު” ގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައާޅާ ފަރާތްތަކަށް، އެންސްޕާ އިން އިންކަމް ސަޕޯޓް އެލަވެންސް ދިނުމަށް

ފައިސާގެ އެހީގެ ތަފްސީލު:

އެންސްޕާ އަދި އާސަންދައިން 191 ބަލިމީހަކަށް 2.3 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ދީފައިވެއެވެ. އަދި ބަލި މީހުންގެ އާއިލާ ނުވަތަ އެހީތެރިންގެ 227 މީހަކަށް ވަނީ 2 މިލިއަން ހަރަދުކޮށްފައެވެ. މީގެ އިތުރުން ކޮވިޑް އާއި ގުޅިގެން އިންޑިއާ އަދި ސްރީލަންކާގައި ރާއްޖެ ނާދެވިތިބި އާސަންދަ ޝަންޓުން އަނބުރާ ރާއްޖެ ގެނައުމަށް ތިން ލައްކަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ރާއްޖެ އެނބުރި އަ އުމަށް ޓިކެޓް ނަގާފައިވާ ތާރީޚު ގެ ކުރީ ދުވަސްތަކަށް ފައިސާގެ އެހީ ދީފައިވޭ!

އާސަންދަ ކުންފުނިން 1 މޭއިއަށް އަދާހަމަކޮށްފައިވާ “ކޮވިޑް-19 އާ ގުޅިގެން އާސަންދަ އިން ބޭސްފަރުވާ ކުރުމަށް އިންޑިއާ އަދި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންނަށް ހުރުމަށާއި ކެއުމަށް ދ އެލަވަންސް ދިނުމަށް ކަނޑައެޅުނު އޮޕަރޭޓިންގ ޕްރޮސީޖަރ” ގައިވާގޮތުން، ފައިސާގެ އެހީ ދެވެނީ ރާއްޖެއަށް އައުމަށް ޓިކެޓް ނަގާފައިވާ ތާރީޚުން ފެށިގެން ލޮކްޑައުން ފިލަންދެން ނުވަތަ އެމީހުން ރާއްޖެ އާދެވެންދެނެވެ. އެހެން ނަމަވެސް، އާސަންދަ ކުންފުނިން ފައިސާގެ އެހީ ދީފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް އެހެން ފަރާތްތަކަށް، ރާއްޖެ އެނބުރި އައުމަށް ޓިކެޓް ނަގާފައިވާ ތާރީހުގެ ކުރިއަށް ފައިސާގެ އެހީ ދީފައިވާކަން އޮޑިޓުން ހާމަވެއެވެ.

މީގެ އިތުރުން ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް ފައިސާގެ އެހީ ދިނުމަށް ފޮރިން މިނިސްޓްރީން އަދި އާސަންދައިން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވަނީ، ފައިސާގެ އެހީ ފޯރުކޮށްދެވޭނީ މާޗް 21، 20202 ނުވަތަ އޭގެ ފަހުގެ ތާރީހެއްގައި ރާއްޖެ އައުމަށް ޓިކެޓު ނަގާފައިވާ ފަރާތްތަކަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި އެހީ ދޭނީ އެ ތާރީހުން ފެށިގެން ނުވަތަ އޭގެ ފަހުގެ ތާރީހެއްގައި ރާއްޖެ އައުމަށް ޓިކެޓު ނަގާފައިވާ ދުވަހުން ފެށިގެން، އެ ފަރާތަކުން ގޮސްފައިވާ ގައުމުތަކުގެ ސްޓޭޓަކަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ބައެއް ފަރާތްތައް އެނބުރި ރާއްޖެ އައުމަށް ނަގާފައިވާ ޓިކެޓުގެ ކޮޕީ އެންސްޕާ އިން ހޯދާފައި ނުވުމުމުގެ ސަބަބުން އެ ފަރާތްތަކަށް ފައިސާގެ އެހީ ދޭން ފަށަން ޖެހޭ ތާރީހު އެނގެން ނެތް ކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ.

“މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސް.އޯ.ޕީ ނަންބަރު 07/2020/MFA-SOP( 22 އޭޕްރިލް 2020” ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާ ދިނުމުގެ އުސޫލު”ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، އެހީ ލިބޭ ފަރާތުގެ އިތުރަށް އަރިހުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ބޮޑެތި މީހުންނަށް ލިބޭނީ އެ ސްޓޭޓަކަށް ކަނޑައެޅިފައިވާ ރޭޓުގެ 75 އިންސައްތައިގަ އެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ލިބޭނީ އެ ރޭޓްގެ %50 އެވެ. އަދި އާސަންދަ ކުންފުނިން 1 މެއި 2020 އަށް އަދާހަމަކޮށްފައިވާ “ކޮވިޑް-19 އާ ގުޅިގެން އާސަންދަ އިން ބޭސްފަރުވާ ކުރުމަށް އިންޑިއާއި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންނަށް ހުރުމަށާއި ކެއުމަށް ދޭ އެލަވަންސް ދިނުމަށް ކަނޑައެޅުނު އޮޕަރޭޓިންގ ޕްރޮސީޖަރ”ގައި 1 މޭ އިން ފެށިގެން އުސޫލަށް ގެނެވުނު ބަދަލުގެ 20 ވަނަ ޕޮއިންޓް ގައި ބަޔާން ކޮށްފައިވަނީ ކޮއިމްބަތޫރު، ބެންގަލޫރ އަދި ކޮލޮމްބޯގެ ދުވަހަކަށް ޖެހޭ
ރޭޓް 50 ޔޫއެސް ޑޮލަރުން 30 ޔޫއެސް ޑޮލަރަށް ކުޑަކުރުމަށްފަހު ފައިސާގެ އެހީ ދިނުމަށެވެ.” އޮޑިޓު

ބޯޑަރު ބަންދުކުރުމުގެ ސަބަބުން ރާއްޖެ ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގައި، އާސަންދަ އަދި ފޮރިން މިނިސްޓްރީން އެއް ފަރާތަކަށް އެއް މުއްދަތަކަށް ފައިސާގެ އެހީ ދީފައިވާކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ. އިސްލާހު ކުރަންވީ ކަންކަން ފާހަގަ ރިޕޯޓުގައި ބުނެފައިވަނީ ފައިސާގެ އެހީ ދިފާއިވާ ފަރާތްތަކަށް ފައިސާގެ އެހީ ދީފައިވާއިރު، އެއް މުއްދަތަކަށް 2 މުއައްސަސާއަކުން ފައިސާ ދެވިފައިވޭތޯ ބަލާ ފައިސާގެ އެހީ އެއް މުއްދަތަކަށް ދެ ފަހަރު ދެވިފައިވާނަމަ، އެ ފަރާތަކަށް މިހާރުވެސް ފައިސާގެ އެހީ ފޮނުވާނަމަ، އިތުރަށް ދީފައިވާ ފައިސާ އުނިކުރުމަށްފަހު ފައިސާގެ އެހީ ދިނުމަށް އިރުޝާދު ދޭ ކަމަށެވެ. އަދި ފައިސާގެ އެހީ ދިނުން ހުއްޓާލާފައިވާ ފަރާތެއްނަމަ، އެ ފަރާތަކަށް ފައިސާ ދިނުމުގައި އިހުމާލުވާ މުވައްޒަފުން މެދުވެރިކޮށް، އެ ފައިސާ ހޯދާ، ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށް އަންގާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: