ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު ގުނަމުން މިދަނީ ކޮވިޑް-19 އައުޓް ބްރޭކްގެ ޕީކް ދުވަސްތަކެއް: އެޗް.އީ.އޯ.ސީ

ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ މިވަގުތު ގުނަމުން މިދަނީ ކޮވިޑް-19 ގެ އައުޓްބްރޭކްގެ ޕީކް ދުވަސްތަކެއް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް.އީ.އޯ.ސީ) އިން ބުނެފިއެވެ.

އެޗް.އީ.އޯ.ސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މި ވަގުތަކީ އައުޓްބްރޭކްގެ ޕީކް ދުވަސްތަކެއް ކަމަށްވުމުން އެންޓި ބޮޑީ ޓެސްޓް ހެދުމަށްވުރެ މިވަގުތު އިސްކަންދެނީ އައުޓް ބްރޭކް ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި މުޖުތަމަޢުގެ ތެރޭގައި ކޮވިޑްގެ ބަލިމަޑުކަން އުޅޭ މިންވަރު ދެނެގަތުމަށް އެންޓި ބޮޑީ ޓެސްޓް ހެދުމަށްވުރެ އިސްކަންދެނީ ބަލީގެ އައުޓްބްރޭކް ކޮންޓްރޯލް ކުރުމަށެވެ. އަދި އެންޓި ބޮޑީ ޓެސްޓް ހަދަން ފެށުމުގެ ވިސްނުމެއް މިވަގުތު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާސާއެއްގެ ގޮތުން އެންޓި ބޮޑީ ޓެސްޓް ހެދުމަށް ވާންޖެހޭ ތައްޔާރީތައް ކުރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އެކަމަށް އެކަމަށް ބޭނުންވާ ތަކެތި ހޯދަމުންދާކަމަށާއި އެކަމަކު އެ މަސައްކަތް ފަށާނީ ކޮވިޑްގެ އައުޓް ބްރޭކް ކޮންޓްރޯލް ކުރެވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ބަލި މީހުންގެ ތެރެއިން ކަރަންޓީން ފެސިލިޓީތަކަށް ގެންދާ ބައެއް މީހުން ކޮޓަރިތަކަށް ގެއްލުންދީ އެ ތަންތަން ހަނޑިކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮޓަރިތަކުގައި ބެޑްޝީޓްތައް ހަލާކު ކުރުމާއި ދޮރުފޮތިތައް އިރާފައި ހުރުން ފަދަ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ގޮތަށް އަމަލު ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ސަރުކާރުން ބަދަލުދޭން ޖެހޭ ކަމަށާއި އަދި މިކަންކަން ތަކުރާރުވާނަމަ ފިޔަވަޅު އެޅުން ނޫން ގޮތެއް ނޯންނާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ބޮޑީ ޓެސްޓްގެ ވާހަކަ ޑރ. ނަޒްލާ ފާހަގަ ކުރެއްވިއިރު، އާއްމުންގެ މެދުގައި ކޮވިޑް-19 ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީން ޖުލައި މަހުގެ ތެރޭގައި އަންގާފައިވެއެވެ.

ކޮވިޑް-19 ދެނެގަތުމަށް ކުރާ ޓެސްޓެއް ކަމުގައި ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވަނީ ޕީ.ސީ.އާރް ޓެސްޓެވެ.

ޕީ.ސީ.އާރު ޓެސްޓް މިހާރު ހަދަމުންދަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކުގެ ލެބޯޓްރީތަކާއި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ލެބޯޓްރީތަކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: