ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު-19: 07 މީހަކަށް ފަރުވާ ދެނީ އައިސީޔޫގައި، 04 މީހަކު ވެންޓިލޭޓަރުގައި!

ފްލޫ ކްލިނިކެއްގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު 19 އަށް ޕޮޒިޓިވެ ހާލު ދެރަވެގެން އެޑްމިޓުކޮށްފައިވާ މީހުންގެ ތެރެއިން ހަތް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މައުލޫމާތު ދީފި އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެފައިވާއިރު، ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދެ ހާހުން މައްޗަށް އަރާފަ އެވެ. މިއީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮވިޑުގެ ޕޮޒިޓިވް އަދަދުތައް ނުދާހާ މައްޗެވެ. އެގޮތުން އިއްޔެ ބައްޔަށް ޖުމްލަ 2،349 މީހުން ޕޮޒިޓިވްވީއިރު، އޭގެ ތެރޭގައި 1،325 މީހަކަށް ބަލި ޖެހިފައި ވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން 681 މީހަކަށް ބަލި ޖެހިގެން ރިޕޯޓު ކުރިއިރު، ރިސޯޓުތަކުން 54 މީހަކަށް ބަލި ޖެހިފައި ވެއެވެ.

ހާލަތު ގޯސްކަމަށް ބެލެވޭ މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓު ފަސް ދުވަހުގެ ތެރޭގައި 14 އިންސައްތައިން 36 އިންސައްތައަށް ވަނީ އިތުރުވެފަ އެވެ.

އެޗްޕީއޭގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވިދާޅުވީ މިވަގުތު 48 މީހަކަށް އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމަށެވެ. އެއީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާދޭ 37 މީހަކާއި، ދަރުމަވަންތަ ޑީއެޗް 16 ގައި އެޑްމިޓުކޮށްފައިވާ 09 މީހުން އަދި އައްޑޫ އަދި ބ އަތޮޅު ފެސިލިޓީގައި ފަރުވާ ދެމުންދާ މީހެކެވެ.

ތަސްލީމާ ވިދާޅުވީ އައިސީޔޫގައި 07 މީހަކަށް ފަރުވާދެމުންދާ ކަމަށާއި، އޭގެ ތެރެއިން ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

އެޑްމިޓުކޮށް ފަރުވާ ދެމުންދާ މީހުންގެ އުމުރާއި، އަދި އެ މީހުންގެ ވެކްސިނާއި ގުޅޭ މައުލޫމާތެއް އެޗްއީއޯސީން ހާމައެއް ނުކުރެ އެވެ.

ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވެފައި މިވަނީ އޮމިކްރޯންގެ ސަބަބުންނެވެ. އަދަދުތައް އިތުރެވެ، އާއްމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ.

އެޗްޕީއޭއިން ގެނައި ހަމައެކަނި ބަދަލަކީ ވެކްސިން ފުރިހަމަކޮށްފައި ހުރި މީހުން ވެސް ރާއްޖޭގެ އެހެން ރައްތަކަށް މާލެއިން ދަތުރު ކުރާއިރު 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުން މަޖުބޫރު ކުރުމެވެ.

މީގެއިތުރުން އެޗްއީއޯސީން ބުނީ ބަލި ޖެހޭ މީހުން އިތުރު ނަމަވެސް މިދިޔަ ދެ އަހަރު އައި ވޭވްތަކުގައި އެޑްމިޓު ކުރަންޖެހުނު މީހުންގެ އަދަދުތަކައި ބަލައި މިފަހަރު އަދަދު މަދު ކަމަށެވެ. އަދި އިތުރު ފިޔަވަޅު އަޅާނީ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދަށް ބަލައިކަމަށާއި، ހާލަތު ގާތުން މޮނީޓާރ ކުރަމުން ގެންދާކަމަށް މައުލޫމާތު ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: