ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަންވަނަ އެވޯޑް މިއަހަރު ނުދޭން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 ގެ ސަބަބުން ރަންވަނަ އެވޯޑާއި މީޑިއާތަކަށްދޭ އެވޯޑު، މި އަހަރު ނުދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމައިފިއެވެ.

އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އާއި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރު ހޮވުމާއ,ި މަޢުލޫމާތު ހާމަކުރުމުގައި އެންމެ ފާހަގަ ކުރެވޭ މީޑިއާއަށް ޚާއްސަކޮށް މި އަހަރު މުޅިން އަލަށް ތަޢާރަފު ކުރުމަށް ހަމަހިޖެހިފައިވާ އެވޯޑު, މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި އަހަރު ނުދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އަންނަ އަހަރުން ފެށިގެން އެ އެވޯޑުތައް ގަވާއިދުން ދެމުން ގެންދާނެކަމަށް އެ އޮފީހުން ބުނެއެވެ.

މައުލޫމާތު ހާމަ ކުރުމުގެ ރަންވަނައަކީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެންމެ ރަނގަޅަށް މައުލޫމާތު ފޯރުކޮށްދޭ އިދާރާއަކަށް ދެވޭ އެވޯޑެކެވެ.

މި އެވޯޑަކީ ދައުލަތުގެ އިދާރާތަކުން ގާނޫނުގައިވާ ގޮތުގެ މަތީން އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން މައުލޫމާތު ހާމަކުރުމަށް ހިތްވަރުދިނުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެމުން އަންނަ އެވޯޑެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: